1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސަރުކާރުގެ ޑިޖިޓަލް ސިޔާސަތުގެ ދަށުން "މޯލްޑިވްސް 2.0"ގެ ބިލު މަޖިލީހަށް ހުށަހަޅައިފި

Corporate-Maldives-2025-05-15T155935.014
މޯލްޑިވްސް 2.0 ތައާރަފްކުރުމުގެ ހަފްލާގެ ތެރެއިން/ ފޮޓޯ: ކޯޕަރޭޓު މޯލްޑިވްސް
މަރިޔަމް އަފީފާ
74ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައީސް ޑރ މުހައްމަދުގެ ހަރުދަނާ ވިސްނުންފުޅާ އެކު ސަރުކާރުން ކުރިއަށް ގެންދާ ޑިޖިޓަލް ސިޔާސަތުގެ އެންމެ މުހިއްމު ބިލުކަމުގައިވާ، "މޯލްޑިވްސް 2.0"ގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

 

ގައްދޫ ދާއިރާގެ މެމްބަރު، މުޙައްމަދު ޢަލީ ހުށަހެޅި އެބިލުގައިވަނީ، އިތުބާރުހިފޭ، ސަލާމަތްތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލްކޮށް، ފޯރުކޮށްދެވޭނެ ޑިޖިޓަލް ގަވަރނަންސްގެ ނިޒާމެއް ގާއިމުކުރުމަށް ހުށަހެޅުއްވި ބިލެއް ކަމަށް ބަޔާންކޮށްފައެވެ.

300 × 250

 

ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ކަންކަމާއި ޑިޖިޓަލް ގަވަރނަންސްގެ ނިޒާމާގުޅޭ ކަންކަން ވިލަރެސްކޮށް ހިންގުމަށްޓަކައި "މޯލްޑިވްސް ޑިޖިޓަލް ސަރވިސް"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދާ، މި ބިލުގެ ސަބަބުން އިންޓައޮޕަރަބަލް ޑިޖިޓަލް އިކޯސިސްޓަމެއް ޤާއިމުކުރުމަށް މަގުފަހިކޮށްދޭ އަދި އިންފޮމޭޝަން ސިސްޓަމްތަކުގެ މެދުގައި ޕްރޮސެސްކުރެވޭ ޑޭޓާގެ އަސާސީ އަސްލު ކަނޑައެޅުމަށް ދައުލަތުގެ އިދާރާތަކުނުް ބަރޯސާވެވޭނެ ދަފުތަރުތައް ގާއިމުކުރުމާއި ރައްކާތެރިކަމާއެކު ޑޭޓާ ހިއްސާކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލާއެކު އުފައްދާ މޯލްޑިވްސް ޑިޖިޓަލް ސަރވިސްގެ ދަށަށް ދާޚިލީ ކަންކަމާބެހޭ ވުޒާރާގެ ދަށުން މިހާރު ހިންގަމުންދާ ޑިޖިޓަލް ސަރވިސްގެ ހުރިހާ މަސްއޫލިއްޔަތުތަކާއި ޙައްގުތަކާއި މަންފާތައް އަދި މުވައްޒަފުން އެ އިދާރާގެ ދަށަށް ބަދަލުވާނެއެވެ. މި އިދާރާ ހިންގާނީ ދާޚިލީ ވުޒާރާގެ ދަށުންނެވެ. އަދި މަޖިލީހަށް ޖަވާބުދާރީވާންޖެހޭނީ އެ ވުޒާރާއަކާ ހަވާލުވެ ހުންނަވާ ވަޒީރެއް ކަމަށް ބިލުގައި ވަނީ ބަޔާންކުރައްވާފައެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ދައުލަތުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީއާ ގުޅުންހުރި ހުރިހާ ޚިދުމަތެއް ފޯރުކޮށްދީ، ދައުލަތުގެ ކޮމްޕިއުޓަރ ނެޓްވަރކާއި އިންފްރާސްޓްރަކްޗަރ ބަލަހައްޓަންޖެހޭނީ މޯލްޑިވްސް ޑިޖިޓަލް ސަރވިސްއިންނެވެ. އަދި ދައުލަތުގެ އިދާރާތަކުން ޑިޖިޓަލްކޮށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ ނަޒާހަތްތެރި، ހަމހަމަ އަދި އިތުބާރުހިފޭ ފެންވަރެއްގެ އަދި ފަސޭހަކަމާއެކު ވާސިލުވެވޭ ޚިދުމަތްތަކެއްކަން ކަށަވަރުކުރުމަށްޓަކައި އެ ޚިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރަންޖެހޭ ފަންނީ މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުމަކީވެސް އެ އިދާރާގެ ޒިންމާއެކެވެ.

މޯލްޑިވްސް ޑިޖިޓަލް ސަރވިސްގެ އެންމެ އިސްވެރިޔާގެ ގޮތުގައި ކޮމިޝަނަރ ފޮރ ޑިޖިޓަލް ޓެކްނޮލޮޖީއެއް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަންވާނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އެ އިދާރާއިން ކަނޑައަޅާންޖެހޭ ފަންނީ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލައި، ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތުތައް ތަންފީޒުކުރުމަށް "ޑިޖިޓަލް ގަވަރނަންސް އެޑްވައިޒަރީ ކޮމިޓީ" ގެ ނަމުގައި ޚާއްސަ ކޮމިޓީއެއް ކޮމިޝަނަރގެ ލަފަޔާއެކު ވަޒީރު އެކުލަވާލަންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި ބިލު ގާނޫނަކަށްވުމާއެކު ރާއްޖޭގެ ޑިޖިޓަލް ގަވަރނަންސް ނިޒާމު ހަރުދަނާ ކުރުމަށްޓަކައި "މޯލްޑިވްސް 2.0" ގެނަމުގައި ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕްރޮގްރާމެއް ގާއިމުވެގެންދާނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި