ދަޅުގައި ބޭރުކުރާ މަހުގެ ނިސްބަތް ނިމިދިޔަ މެއި މަހު އިތުރުވެފަިއވާކަން ހާމަވެއްޖެއެވެ.   މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މެއި މަހު ރާއްޖެއިން ވަނީ 98 މިލިޔަން ރުފިޔާގެ މުދާ ބޭރުކޮށްފައެވެ. އޭގެ ތެރެއިން 38 މިލިއަން ރުފިޔާގެ ދަޅު މަސް ހިމެނެއެވެ. މިއީ އެޕްރިލް މަހާ އަޅާ ބަލާއިރު 7 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މެއި މަހު ރާއްޖެއިން އެންމެ ގިނައިން މަސް ބޭރުކޮށްފައިވަނީ އިނގިރޭސިވިލާތަށެވެ. ދެވަނަ އަށް އެންމެ ގިނައިން މަސް ބޭރުކޮށްފައިވަނީ ތައިލޭންޑަށެވެ.

  ތަފާސްހިސާބުތައް ދައްކާގޮތުން މޭ މަހު ރާއްޖެއިން ދަޅުގައި ބަންދުކުރި މަސް ބޭރުކުރި މިންވަރު އެޕްރީލް މަހާ އަޅާ ބަލާއިރު ވަނީ %22.5 އިތުރުވެފައެވެ.   ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކުރި ގައުމުތަކުގެ ތެރޭގައި ހިމެނެނީ، އިނގިރޭސިވިލާތަށް 36 މިލިޔަން ރުފިޔާގެ މުދާ، ތައިލޭންޑަށް 35 މިލިޔަން ރުފިޔާގެ މުދާ، ފަރާންސޭސިވިލާތަށް 6 މިލިޔަން ރުފިޔާގެ މުދާ، އިންޑިޔާއަށް 5 މިލިޔަން ރުފިޔާގެ މުދާ އަދި ޖަރުމަންވިލާތަށް 4 މިލިޔަން ރުފިޔާގެ މުދެލެވެ.   ރާއްޖެއިން ބޭރުކުރާ މުދަލުގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މަހުގެ ބާވަތްތަކެވެ. ރާއްޖެއިން އެންމެ ގިނައިން ބޭރުކުރަނީ ދަޅުގައި ބަންދުކުރި މަހާއި، ގަނޑުކުރި ކަޅުބިލަ މަހާއި ކަންނެލީގެ ބާވަތްތަކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މޭ މަހު ރާއްޖެއިން ދަޅުގައި ބަންދުކުރި މަސް ބޭރުކުރި މިންވަރު އެޕްރީލް މަހާ އަޅާ ބަލާއިރު ވަނީ %22.5 އިތުރުވެފައެވެ.