1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

"މޫދު ފެސްޓް 2026"ގެ ނަމުގައި ހާއްސަ ހަރަކާތްތަކެއް ބާއްވަނީ

Screenshot 2026-06-17 230403
މިދިޔަ އަހަރު ބޭއްވި މޫދު ފެސްޓު ހަރަކާތުގެ ބައިވެރިން
މަރިޔަމް އަފީފާ
95ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

"މޫދު ފެސްޓް 2026"ގެ ނަމުގައި ހާއްސަ ހަރަކާތްތަކެއް ބާއްވަން ސަރުކާރުން ނިންމައިފިއެވެ.

 

ދުނިޔޭގެ ކަނޑުތަކާ ބެހޭ ދުވަހުގެ މުނާސަބާގައި ބާއްވާ މި ހަރަކާތަކީ، ދިވެހި މުޖުތަމައުގެ މެދުގައި ކަނޑުފަޅުތަކަށް އޮންނަ ލޯބި އިތުރުކުރުމަށާއި، އެތަންތަން ރައްކާތެރިކޮށް ބެލެހެއްޓުމުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި އިންތިޒާމުކުރާ ހަރަކާތެއް ކަމަށް މައުލުމަތު ލިބިފައިވެއެވެ.

300 × 250

 

ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހު 20 ވަނަ ދުވަހު ހުޅުމާލޭ ދިރާގު ބީޗު ސަރަޙައްދުގައެވެ. ހެނދުނު 9:00 އިން ފެށިގެން ހަވީރު 17:30 އާ ހަމައަށް ކުރިއަށްދާ މި 'އޯޝަން ފެސްޓިވަލް' ގައި ތަފާތު ގިނަ ހަރަކާތްތަކެއް ހިމެނެއެވެ.

 

ފެސްޓިވަލުގައި ކުޑަކުދިންނަށް ޚާއްސަކޮށްގެންވެސް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. ހަމައެހެންމެ އެކި އޮފީސްތަކާއި ކުންފުނިތަކުން ކުރާ މަސައްކަތްތައް ކުޑަކުދިންނަށް ފަހުމްވާނޭ ފަދަ ގޮތަކަށް ދައްކުވައިދޭ ސްޓޯލްތައްވެސް މި ފެސްޓިވަލުގައި ގާއިމުކުރާނެ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

 

މި ހަރަކާތުގައި ކުޑަކުދިންނާ އަދި އާއިލާތަކަށް ކަނޑުތައް ހިމާޔަތްކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މައުލޫމާތު ދިނުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއިން ކުރިއަށްދެވޭނެ ފުރުސަތު ހޯދައިދިނުމަށް ސްޓޯލްތަކުގައި ކުރިއަށް ގެންދާނެ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

300 × 250

 

އުމުރުން 10 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ "ޑިސްކަވާ ބަބުލް" ފީނުމުގެ ހަރަކާތަކީ މި ފެސްޓިވަލުގައި އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތް ކަމަށްވާނެއިރު، ޑައިވް ކޮށްގެން ރާއްޖޭގެ ފަރުތަކުގެ ގުދުރަތީ ރީތިކަން ކައިރިން ބަލާލުމަށް ކުޑަކުދިންނަށް ފަުރުސަތު ލިބިގެން ދާނެއެވެ.

 

ފެސްޓުގެ ބޭނުމަކީ، ބޭނުމަކީ ކަނޑުފަޅުތަކާ ގުޅޭގޮތުން ކުރެވޭ މަސައްކަތްތައް އާންމުންނަށް ދައްކާލުމާއި، މަޖާ މާހައުލެއްގައި މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކަން އިތުރުކުރުމެވެ. މިދިޔަ އަހަރުވެސް ފިޝަރީޒު މިނިސްޓްރީއިން މުދު ފެސްޓު ޕްރޮގްރާމު ކާމިޔަބުކަމާ އެކު ކުރިއަށް ގެންގޮސްފައިވެއެވެ.

 

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށި ރައްކާތެރިކުރުމަށް ދެއްވާ އަހައްމިއްޔަތުގެ ދަށުން ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކުގެ މައިގަނޑު އަމާޒަކީ، ޒުވާނުންގެ ހިތްތަކުގައި ކަނޑުފަޅުތަކަށް އޮންނަ ލޯބި އިތުރުކޮށް، ކުރިއަށް އޮތް ޖީލުތަކަށް ރާއްޖޭގެ މުއްސަނދި ކަނޑުގެ ތަރިކަ ފޯރުކޮށްދިނުމެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި