ފީފާ ވޯލްޑް ކަޕްގެ ގްރޫޕް 'އެލް' ގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި އިންގްލެންޑުން 4-2 ގެ ނަތީޖާއަކުން ކްރޮއޭޝިއާ ބަލިކޮށް، މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ. އެމެރިކާގެ ޑާލަސް ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ ފޯރިގަދަ އަދި ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މެޗެކެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ އިންގްލެންޑުންނެވެ. މެޗުގެ 9 ވަނަ މިނެޓުގައި އިންގްލެންޑްގެ ނޯނީ މަޑުއޭކޭއަށް އޭރިއާ ތެރެއިން ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ، ކެޕްޓަން ހެރީ ކޭން ވަނީ ކާމިޔާބުކޮށްފައެވެ. ކޭން ފުރަތަމަ ފޮނުވާލި ޕެނަލްޓީ ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗް ދިފާއުކުރި ނަމަވެސް، ކީޕަރު ރޮނގުން ބޭރަށް ނިކުމެފައި ހުރުމުން ދެވަނަ ފަހަރަށް ޖެހި ޕެނަލްޓީ ކޭން ވަނީ ގޯލަށް ވައްދާލާފައެވެ.
ކްރޮއޭޝިއާއިން ނަތީޖާ އެއްވަރުކުރީ 36 ވަނަ މިނެޓުގައި މާޓިން ބަޓުރީނާ ޖެހި ހިތްގައިމު ލަނޑުންނެވެ. ނަމަވެސް އޭގެ 6 މިނެޓު ފަހުން ޑެކްލަން ރައިސް ނަގައިދިން ކޯނަރަކުން ކޭން ވަނީ ބޮލުން ޖަހައި އިންގްލެންޑަށް އަލުން ކުރިހޯދައިދީފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޕެޓާ މޫސާ ޖެހި ލަނޑާއެކު ކްރޮއޭޝިއާއިން ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކުރިއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.