ޕޭޕަލް ފަދަ ބައިނަލްއަގުވާމީ ފިންޓެކް ސޮލިއުޝަންތައް ރާއްޖެއަށް ތަޢާރަފުކުރާއިރު، އެފަދަ ޚިދުމަތްތަކަށް ޤައުމީ ފެންވަރުގައި ދޭންޖެހޭ ސައިބަރ ސެކިއުރިޓީގެ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުގެ އިދާރާތައް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
"ޓްރޭޑް ޑެސްކް" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، ސަރުކާރުގެ "މޯލްޑިވްސް 2.0" ސިޔާސަތު ތަންފީޒުކުރުމުގައި އެންމެ މުހިންމު އެއް އަމާޒަކީ ރާއްޖޭގެ ސައިބަރ ސެކިއުރިޓީގެ ފެންވަރު މަތިކުރުން ކަމަށެވެ. އަދި ރާއްޖޭގެ ސައިބަރ ސްޕޭސްއަކީ ޕޭޕަލް ފަދަ ބޮޑެތި ފިންޓެކް ޚިދުމަތްތައް އަންނައިރު، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ނެޓްވަރކް ސްޕޭސްއަކަށް ހެދުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި ދާއިރާއިން ކުރެވެމުންދާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، މޯލްޑިވްސް 2.0 ގެ މިންގަނޑުތަކާ އެއްގޮތަށް ޤާނޫނީ އޮނިގަނޑު އެކުލަވާލައި، ސައިބަރ ސެކިއުރިޓީއާ ބެހޭ ޚާއްޞަ ޤާނޫނެއް ވުޖޫދުކުރުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށެވެ. އެ ޤާނޫނު އައުމުގެ ކުރިންވެސް، ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސައިބަރ ސެކިއުރިޓީ އެޖެންސީއެއް ޤާއިމުކޮށް، ސައިބަރ އޮޕަރޭޝަން ސެންޓަރަކާއި ފުލުހުންގެ ތެރޭގައި ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރެއް މިހާރު ވަނީ އުފައްދާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.