1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސްކޭމްގެ މައްސަލަތަކުގައި މިހާތަނަށް 33 މިލިޔަން ރުފިޔާގެ ގެއްލުންވެފައިވޭ: ފުލުހުން

police
ޝަހީދު ހުސެއިން އާދަމް ބިލްޑިންގ
މަރިޔަމް އަފީފާ
65ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިދިޔަ އަަހރުން ފެށިގެން މިއަހަރުގެ މިހާތަނަށް 2700 ސްކޭމްގެ މައްސަލަ ރިޕޯޓްކޮށްފައިވާކަމަށާއި މި މައްސަލަތަކުގައި 33 މިލިޔަން ރުފިޔާގެ ގެއްލުން ވެފައިވާކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.

 

ސްކޭމްގެ މައްސަލަތައް ކަމަށްވާ ޓެކުމާ ސައިބާ ކްރައިމްގެ ބާވަތްތައް ރާއްޖޭގައި އިތުރުވަމުންދާކަން ފާހަގަކުރައްވާ ފުލުހުން ވަނީ، މިގޮތަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމަށް ފުލުހުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަން ހާމަކުރައްވާފައެވެ.

300 × 250

 

ހެޑް އޮފް އެންޓި ސްކޭމް ސެންޓަރުގެ އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދުއާ ހަވާލާދެއްވާ ދައުލަތުގެ މީޑިޔާގައި ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ ނިޔަލަށް ރާއްޖޭގައި ރިޕޯޓްކޮށްފައިވާ 2700 ސްކޭމް މައްސަލައިގައި ޖުމްލަ 33 މިލިޔަން ރުފިޔާ ގެއްލުން ވެފައިވާ ކަމަށެވެ.

 

ނަވީދު ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ސްކޭމްތައް ހިންގާ ގޮތާއި އެއްފަދައިން ރާއްޖޭގައިވެސް ހިންގާ ސްކޭމްތަކުގެ %90 ހިއްސާކުރަނީ ރާއްޖޭގެ އެތެރޭގައި ތިބެގެން ހިންގާ ސްކޭމްތައްކަމަށެވެ.

 

ރާއްޖޭގައި ހިންގާ ސްކޭމްތަކުގެ %99 އަކީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ހިންގާ ސްކޭމްތައްކަމަށް ވާއިރު، ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ސްކޭމްތަކުގެ %95 ހިއްސާކުރަނީ ސީދާ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ހިންގާ ސްކޭމްތަކުންކަމަށް ނަވީދު ފާހަގަކުރެއްވިއެވެ.

300 × 250

ޒަމާނީ ޓެކްނޮލޮޖީއާއެކު ސްކޭމްތައް ހިންގާ ގޮތް ބަދަލުވެފައިވާކަން ފާހަގަކުރައްވަމުން ނަވީދު ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސް، އޭއައި ބޭނުންކޮށްގެން އުފައްދާ ޑީޕް ފޭކް ކޮންޓެންޓްތަކަށް ސަމާލުވާން ޖެހޭ ކަމަށެވެ.

ނަވީދު ވަނީ މިފަދަ ކަންކަމުން ރައްކާތެރިވުމަށް އިންޓަނެޓް މެދުވެރިކޮށް ބައްދަލުވާ ފަރާތްތަކަށް އިތުބާރު ކުރުމުގެ ކުރިން އަމިއްލައަށް ރިސާރޗް ކުރުމަށާއި، ޝައްކުކުރެވޭ އެކައުންޓްތަކުގައި ހުންނަ ފޮޓޯތަކަކީ އަސްލު ފޮޓޯތަކެއްތޯ ބެލުމަށް ގޫގުލް އިމޭޖް ރިވާސް ސާރޗް ފަދަ ވަސީލަތްތައް ބޭނުން ކުރުމަށް ލަފާދެއްވާފައެވެ.

 

ހަމައެހެންމެ ސޯޝަލް މީޑިއާއިން އަންނަ ކޮންމެ ފްރެންޑް ރިކުއެސްޓަކީ އަސްލު މީހެއް ކަމަށް ގަބޫލުނުކުރުމަށާއި، ޓޫ ގުޑް ޓު ބީ ޓްރޫ ނުވަތަ ގަބޫލުކުރަން ދަތި މިންވަރުގެ ފައިދާ ހުރި ހުށަހެޅުންތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

 

ސަރުކާރުން ހުޅުވާލާފައިވާ ހައުސިންގް ސްކީމްތަކާ ގުޅުވައިގެންވެސް ބޮޑެތި އޮޅުވާލުންތަކެއް ހިންގަމުންދާކަން ފާހަގަކުރައްވާ ފުލުހުން ވަނީ މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި ސޯޝަލް މީޑިއާ މެދުވެރިކޮށް މުއާމަލާތް ކުރުމުގައި އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ފުލުހުންގެ ހޮޓްލައިން 125 އަށް ގުޅައިގެން އެކަން ރިޕޯޓްކުރުމަށް ފުލުހުން އިލްތިމާސްކުރަށްވައެވެ.

ދުވަސްވަރަކީ ވޯލްޑްކަޕްގެ ފޯރި ގަދަވަމުންދާ ދުވަސްވަރަަކަށް ވާއިރު، ވޯލްޑްކަޕާއި ގުޅިގެން ޓްރެންޑްބޭސްޑް ސްކޭމްތައްވެސް އިތުރުވަމުންދާކަމަށާ މިކަންކަމަށް ސަމާލުވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކުރަށްވާފައެވެ. ވޯލްޑްކަޕް ފެށުނު ދުވަހު މީސްމީޑިއާގައި އާންމުކުރި ސްކޭމް އެކަންއުންޓުގެ އިތުރުންވެސް ސްކޭމް ހިންގާ އެކައުންޓްތަކެއް ފުލުހުންގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. މި އެކައުންޓުތައް ބަންދުކޮށް މިހާރު އެ މައްސަލަތައް އިތުރަށް ތަހުޤީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި