1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފޭސް 2ގެ ކަރަންޓު ހިދުމަތާ ސްޓެލްކޯއިން ހަވާލުވެއްޖެ

HLF7JEubAAELOWE
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކާ ސްޓެލްކޯއިން ހަވާލުވުމުގެ އެއްބަސްވުމުގައި އެޗްޑީސީއާ އެކީގައި ސޮއިކުރުން/ ފޮޓޯ: ސްޓެލްކޯ
މަރިޔަމް އަފީފާ
61ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގިނަ ރައްޔިތުންތަކެއް ދިރިއުޅެމުންދާ ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ކަރަންޓުގެ ޚިދުމަތާ ސްޓޭޓް އިލްކެޓިކު ކޮމްޕެނީ (ސްޓެލްކޯ) އިން ހަވާލުވެއްޖެއެވެ.

 

އެ ކުންފުނިން މީސް މީޑިޔާގައި ކުރެއްވި ޕޯސްޓެގައި ހާމަކުރައްވާފައިވާ ގޮތުގައި، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވަރކާއި ސްޓެލްކޯއިން ޙަވާލުވުމުގެ ގޮތުން ބުރާސްފަތި ދުވަހު ވަނީ އެ ކުންފުންޏާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

300 × 250

 

ސްޓެލްކޯގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރު، އަދި އެޗްޑީސީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ (ރޓޑ) ޢަލީ ޒުހައިރުއެވެ.

 

މި ހަފްލާގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެ ކުންފުނީގެ އެމްރޖެންސީ ރެސްޕޮންސް ސެންޓަރެއް ޤާއިމްކުރުމަށް ބޭނުންވާ ޖާގަ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެ ކުންފުންޏާއި ޙަވާލުކޮށްފައިވާ ކަމަށްވެސް ސްޓެލްކޯއިން ހާމަކުރައްވާފައިވެއެވެ. އަދި ސްޓެލްކޯގެ ފަރާތުން ވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ލައިޓް ޕޯސްޓްތަކެއް ވެސް ހަދިޔާކޮށްފައިކަމަށް އެކުންފުނިން ވިދާޅުވެފައިވެއެވެ.

 

މާލެ ސަރަޙައްދުގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް ސްޓެލްކޯ އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެ ކުންފުނިން ހިދުމަތް ދެމުންދާ އަތޮޅުތެރޭގެ ރަށްރަށުގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް ވެސް ބުރަ މަސައްކަތެއް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.

 

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި