1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފަހި ފްލެޓުތަކުގެ އަހުލުވެރިންނަށް ލުއި ފަސޭހަކަމެއް، ފްލެޓުތައް ކައިރީގައި 18 ބުރީގެ ކޮމާޝަލް އިމާރާތެއް އަޅަނީ

1J0A9480-1699276646648_kf5o02
އަމާން ދޯދި ފްލެޓުތަކެއް
މަރިޔަމް އަފީފާ
248ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހުޅުމާލޭގައި ހުރި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ބެލުމުގައި ދަށުގައި ހުންނަ، އަމާން ދޯދިގެ 16 ޓަވަރު ކައިރީގައި 18 ފަންގިފިލާގެ ކޮމާޝަލް އޮފީސް އިމާރާތެއް އެޅުމަށް އެ ކުންފުނިން ނިންމައިފިއެވެ.

 

''މަހޯލި'' ޕޯޓަލް މެދުވެރިކޮށް އާއްމު ފަރާތަކުން ހުށަހެޅި ސުވާލަކަށް ޖަވާބު ދެއްވާ، އެފްޑީސީން ވިދާޅުވި ގޮތުގައި، އެ ބިމުގައި މިހާރު ވަނީ ކޮމާޝަލް އޮފީސް އިމާރާތެއް ބިނާކުރުމަށްޓަކައި "ކަނޑޫފާ" އާ ހަވާލުކޮށްފައެވެ. ޖުމްލަ 18 ފަންގިފިލާ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި އިމާރާތަކީ އެފްޑީސީގެ މައި އިދާރާ (ހެޑް އޮފީސް) ވެސް ގާއިމުކުރުމަށް ހަމަޖެހިފައިވާ ތަން ކަމަށްވެސް އެ ކުންފުނިން ހާމަކުރައްވާފައިވެއެވެ.

300 × 250

 

މައުލޫމާތު ލިބިފައިވާ ގޮތުގައި، 18 ބުރީގެ އެ އިމާރާތަކީ ސަރުކާރުން އެއްވެސް ހަރަދެއްކޮށްގެން ބިނާކުރާ ތަނެއް ނޫނެވެ. އަދި އެ އިމާރާތް އަޅަން ހަވާލުވި ފަރާތުން ހުރިހާ ހަރަދެއް ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށާ ކުރިން އެ ބިމުގައި ޕާކިން ލޮޓެއް އަޅަން ނިންމާފައިވީ ނަމަވެސް އެހާ ގިނަ ސައިކަލް ޕާކުކުރެވޭނެ ގޮތެއް އެތަނުގައި ނެތުމުން މި އިމާރާތް އަޅަން އެފްޑީސީއިން ނިންމީ ކަމަށްވެސް ވެއެވެ.

 

އަމާން ދޯދި 16 އާ ޖެހިގެން އޮތް ބޮޑު ހުސްބިމަކީ އެ ސަރަހައްދުގެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން ޕާކިންއަށް ބޭނުންކުރަމުންދާ ހަމައެކަނި ސަރަހައްދަށްވާއިރު، މި އިމާރާތް ގައިމްކުރުމާ އެކު، ސަރަޙައްދުގައި ހުރި ޓަވަރުތަކުގެ ރައްޔިތުންނަށް ދިމާވެފައިވާ ޕާކިންގް މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. އަދި އާންމު އަސާސީ ހިދުމަތްތަކާއި އެކި ބާވަތުގެ ވިޔަފާރިތަކަށް ބޭނުންވާނެ ޖާގަ ވެސް އެ ސަރަޙައްދުން ލިބިގެންދާނެއެވެ. މީގެ ސަބަބުން އެ ސަރަޙައްދުގެ ދިރިއުޅުމަށާއި ވިޔަފާރިތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބި، އިގްތިސާދީ ގޮތުން ވެސް ކުރިއެރުންތަކެއް ލިބޭނެއެވެ.

 

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި