1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފޭސް 1ގެ ފެނާއި ނަރުދަމާގެ މަސައްކަތް އެއްކޮށް ނިމިއްޖެ: އެމްޓީސީސީ

img-0712
ބޮޑުތަކުރުފާނު މަގު ތަރަށްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން/ފޮޓޯ: އެމްޓީސީސީ
މަރިޔަމް އަފީފާ
110ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހުޅުމާލެ ފޭސް 1ގެ ފެނާ ނަރުދަމާ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް އެ މަޗްރުއު ކުރިއަށް ގެންދާ، މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކުރައްވައިފިއެވެ.

 

ޒަމާނީ ފެންވަރަށް މާލޭގެ ވަށާ އޮތް ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރަން ރައިސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ފަށާފައިވާ ބިޔަ ބޮޑު މަޗްރޫއުގެ އަދާ ހަމަ ދެއްވަމުން އެމްޓީސީސީއިން ވިދާޅުވެފައިވަނީ، އެ މަޝްރޫއުގެ ދަށުން މައި ފެން ހޮޅި އިންސްޓޯލް ކުރުމުގެ %90 މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށެވެ. އަދި ސްޓްރޯމް ވޯޓަ ކެޗްޕިޓް އާއި ކޭބަލް ޖަންކްޝަން އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާކޮށްފައިވެއެވެ.

300 × 250

 

މީގެ އިތުރުން ސެގްމަންޓް ތިނެއްގައި ސަބްގްރޭޑިންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާއިރު، މިހާރުވެސް މަގުގެ ދުވާރު ހެދުމާއި، މަގުމަތީ ލައިޓް އިންސްޓޯލް ކުރުމުގެ އިތުރުން ކޭބަލް ޓްރެންޗް ހެދުމުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް އެމްޓީސީސީއިން ވިދާޅުވިއެވެ.

 

އޮގަސްޓް 21 ގައި ފެށި މި ބޮޑު މަޝްރޫއު، ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު އޭގެ ތެރޭގައި ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ހަތަރު ލޭނަށް ފުޅާކުރުމާއި 830 މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި (ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް) ދުވާރުތައް ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމް ގާއިމުކުރުންް ހިމެނެއެވެ. އަދި އޭގެ އިތުރުން ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރާނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި