1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ކުޅިވަރު

ނޭމާ ނެތި ބްރެޒިލް ކުރިމަތިލަނީ ހައިޓީއާ ދެކޮޅަށް: މިއީ ބްރެޒިލަށް މޮޅުވުން މަޖުބޫރު މެޗެއް

Untitled - 18 June 2026 at 15.19.43 (2)
ބްރެޒިލާއި ހައިޓީ ބައްދަލުކުރާ މެޗަށް ދެޓީމު ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައި
ނަދީމް އަލީ
284ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސީގައި ބްރެޒިލާއި ހައިޓީ ބައްދަލުކުރާ މެޗަށް މުޅި ދުނިޔޭގެ ސަމާލުކަން މިވަނީ ހުއްޓިފައެވެ. މި މެޗަކީ މުބާރާތުގެ ކުރިއަށް އޮތް ބުރަށް ދިއުމަށް ދެ ޓީމަށްވެސް އިންތިހާއަށް މުހިންމު މެޗެކެވެ. މި މުހިއްމު މެޗު ކުޅޭނީ ރާއްޖެ ގަޑިން މިރޭ ފަތިހު 05:30 ގައިއެވެ.

ޓީމުގެ ހާލަތާއި ނޭމާގެ އަނިޔާ

ބްރެޒިލްގެ އެންމެ ނުފޫޒުގަދަ ތަރި ނޭމާ ޖޫނިއާއަށް އަނިޔާވުމާ ގުޅިގެން މި މެޗުގައި އޭނާ ނުފެންނާނެކަން މިވަނީ ކަށަވަރުވެފައެވެ. ލިބުނު އަނިޔާއަކާ ގުޅިގެން ނޭމާ މިވަގުތު ހުރީ ޓީމާ ވަކިން ފަރުވާގައެވެ. މިއީ ބްރެޒިލްގެ ސަޕޯޓަރުންނަށް ލިބުނު ބޮޑު މާޔޫސްކަމެކެވެ. ނަމަވެސް ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ ހުރީ ވިނީޝިއަސް ޖޫނިއާއަށް ކުރާ އިތުބާރާއެކު މެޗަށް ތައްޔާރުވެގެންނެވެ.

300 × 250

އަނެއްކޮޅުން، ހައިޓީން ފުރަތަމަ މެޗުގައި ސްކޮޓްލޭންޑް އަތުން ބަލިވި ނަމަވެސް، އެ ޓީމުން ދެއްކި ކުޅުމަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ. ހައިޓީގެ ކޯޗު ސެބަސްޓިއަން މިގްނޭ ބުނީ އޭނާގެ ޓީމު އޮތީ ބޮޑު ސިހުމެއް ދޭން ތައްޔާރަށް ކަމަށެވެ.

ގްރޫޕްގެ ތަރުތީބު

މިވަގުތު ގްރޫޕް ސީގެ އެއްވަނައިގައި އޮތީ 3 ޕޮއިންޓާއެކު ސްކޮޓްލޭންޑެވެ. މޮރޮކޯ އަދި ބްރެޒިލަށް 1 ޕޮއިންޓް ލިބިފައިވާއިރު، ހައިޓީ އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައެވެ.

ދެ ޓީމުގެ މުހިންމު ކުޅުންތެރިން

ބްރެޒިލް: ވިނީޝިއަސް ޖޫނިއާ - މޮރޮކޯ މެޗުގައި ލަނޑު ޖެހި ވިނީޝިއަސް އަކީ މިވަގުތު ބްރެޒިލްގެ އެންމެ ނުރައްކާތެރި ހަތިޔާރެވެ.

ހައިޓީ: ފްރެންޓްޒްޑީ ޕިއަރޮޓް - ސްކޮޓްލޭންޑް މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ޕިއަރޮޓް އަކީ ހައިޓީން ލަނޑު ޖަހާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ކުޅުންތެރިޔާއެވެ.

300 × 250

ބަލިވެއްޖެނަމަ ވާނީ ކިހިނެއް؟

ބްރެޒިލް މި މެޗުން ބަލިވެއްޖެނަމަ، ދެ މެޗުން ލިބޭނީ އެންމެ ޕޮއިންޓެކެވެ. މިއާއެކު ގަދަ 32 ޓީމުގެ ބުރަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެންދާނެއެވެ. އެ ހާލަތުގައި ބްރެޒިލަށް ޖެހޭނީ ފަހު މެޗުގައި ސްކޮޓްލޭންޑް އަތުން މޮޅުވެ، އެހެން ޓީމުތަކުގެ ނަތީޖާއަށް އިންތިޒާރު ކުރާށެވެ.

ހައިޓީ މި މެޗުން ބަލިވެއްޖެނަމަ، އެ ޓީމު މުބާރާތުން ކެޓުމާ ވަރަށް ގާތްވާނެއެވެ. އަދި ފަހު މެޗުގައި މޮރޮކޯއާ ދެކޮޅަށް ނުކުންނަން ޖެހޭނީ ކޮންމެހެން މޮޅުވާން މަޖުބޫރު ހާލަތެއްގައެވެ.

މި މެޗަކީ ދުނިޔޭގެ ފަސް ފަހަރުގެ ޗެމްޕިއަން ބްރެޒިލަށް އެމީހުންގެ ކަރާމާތް ހިފެހެއްޓުމަށް ކުޅޭ މެޗަކަށް ވާއިރު، ހައިޓީން ނުކުންނާނީ ތާރީޚީ މޮޅެއް ހޯދުމުގެ އަޒުމުގައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި