މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީގެ މަންމަ، މަރިޔަމް ސަމީރާ މިއަދު ނިޔާވެއްޖެއެވެ. އައްޑޫ ސިޓީ ހިތަދޫ، އިހުރާމުގެ، މަރިޔަމް ސަމީރާ (އާންމު ނަމުން ނަމަ އަސަރީގެ ދައްތަ) ނިޔާވިއިރު އުމުރަކީ 87 އަހަރެވެ. އޭނާ ނިޔާވީ މިއަދުގެ ވަގުތެއްގައެވެ. މަރޫހޫމާގެ މޫނު ދެއްކުން ކުރިއަށްދާނީ ހިތަދޫގައި ހުންނަ އެކަމަނާގެ އަމިއްލަ ގެ، އިހުރާމުގޭގައެވެ. އާއިލާއިން މައުލޫމާތު ދޭ ގޮތުގައި، ކަށުނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު މަސްޖިދު ތަޤްވާ (ހުސެއިން މޫސާ މިސްކިތް) ގައެވެ.
އެމްޑަބްލިއުއެސްސީގެ އެމްޑީ ފަހުމީގެ މަންމަ ނިޔާވެއްޖެ

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.