ކ. ގިރިފުށީގައި ހުންނަ ސިފައިންގެ ތަމްރީނު މަރުކަޒުގެ ބިން ހިއްކުމާއި، އައްސޭރިފަށް ހިމާޔަތްކުރުމުގެ އިތުރުން ބަނދަރު އަޕްގްރޭޑް ކުރުމުގެ ބޮޑު މަޝްރޫޢު ރަސްމީކޮށް މިއަދު އިފުތިތާހުކޮށްފިއެވެ. ގިރިފުށި ޓްރޭނިންގ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު ފައްޓަވައިދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދެވެ. މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް ގެންގުޅުއްވާ އިސްތިރާޖީ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މިހާރު ގިރިފުށީގައި އޮތް 5.7 ހެކްޓަރުގެ ބިމަށް 13.3 ހެކްޓަރުގެ ބިން އިތުރުކޮށް، ތަމްރީނުތަކަށް ބޭނުންވާ ޖާގަ ބޮޑުތަނުން ފުޅާކުރެވޭނެއެވެ. މި މަޝްރޫޢުގެ ތެރެއިން ރަށުގެ އައްސޭރިފަށް ހިމާޔަތްކުރުމަށް ބޮޑުގަލުގެ ރިވެޓްމަންޓާއި، ބޭރުތޮށްޓާއި ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރެވޭނެއެވެ. މީގެއިތުރުން، އުޅަނދުފަހަރު ކައިރިކުރުމަށް އެލް-ބްލޮކް ކީ-ވޯލް ހެދުމާއި، 40 މީޓަރު އަދި 12 މީޓަރުގެ ދެ ޖެޓީ ތަރައްޤީކުރުން ހިމެނެއެވެ. އަދި މިހާރު ހުރި 100 މީޓަރުގެ ފަޔަރިންގ ރޭންޖުގެ ބަދަލުގައި 300 މީޓަރުގެ ޒަމާނީ ސްމޯލް އާމްސް ރޭންޖެއް ވެސް މި މަޝްރޫޢުގެ ދަށުން ގާއިމްކުރެވޭނެއެވެ.
ގިރިފުށި ބިން ހިއްކުމާއި ބަނދަރު ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫޢު ފަށައިފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.