1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މާރުކޭޓު ކޮމްޕްލެކްސް އަޅަން ކައުންސިލުން ހުރަސް އަޅާތީ ރައީސް ކަންބޮޑުވުން ފާޅުކުރައްވައިފި

f3228a8a-2f4e-4a09-9f2e-4c4229069a4f
"ދަ ޕަލްސް" ޕޮޑްކާސްޓްގެ ސިލްސިލާގެ 2 ވަނަ އެޕިސޯޑުގައި ރައީސް ވާހަކަ ދައްކަވަނީ
މަރިޔަމް އަފީފާ
102ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލެ ސިޓިގައި ގާއިމު ކުރާ މަސް މާރުކޭޓު ކޮމްޕްލެކްސް އަޅަން ސިޓީ ކައުންސިލުން ހުރަސް އަޅާތީ ރައީސުލްޖުްމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

 

އެމަނިކުފާނުގެ ކަންބޮޑުވުން ހިއްސާކުރައްވާފައިވަނީ، "ދަ ޕަލްސް" ޕޮޑްކާސްޓްގެ ސިލްސިލާގެ 2 ވަނަ އެޕިސޯޑްގައި މަސްވެރިންގެ ކުރިއެރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

300 × 250

 

ރައީސް ވިދާޅުވީ، މާލޭގައި ސަރުކާރުން އިމާރާތްކުރަން ނިންމާފައިވާ މާރުކޭޓް ކޮމްޕްލެކްސްގެ މަސައްކަތް ފެށުމަށް ބޭނުންވާ ބިން ނުދީ، ސިޓީ ކައުންސިލުން މަޝްރޫޢަށް ހުރަސްއަޅަމުންދާ ކަމަށެވެ. އެގޮތުން މާލެއަކީ އެންމެ ގިނަ މަސްވެރިން އުޅޭ އެއް ސަރަޙައްދުކަމަށްވީ ނަމަވެސް، މާލޭގެ މަސް މާރުކޭޓުގެ ޙާލަތު އޮތީ ދަށްކޮށް ކަމަށްވުމުން، ތަނުގެ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން ބޮޑު މަޝްރޫޢުޢެއް އިޢުލާނުކޮށް، އެކަމަށް ބޭނުންވާ އެންމެހާ ކަންކަންވެސް ހަމަޖައްސާފަވާކަމަށެވެ.

 

ނަމަވެސް މަޝްރޫޢު ހަވަލުކޮށް 4 މަސް ދުވަސްވީއިރު، އޭގެ އަމަލީ އެއްވެސް މަސައްކަތެއް ފެށިފައިނުވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެހެން އެކަން ދިމާވެގެން އުޅެނީ، އެކަމަށް ބޭނުންވާ ބިން ސިޓި ކައުންސިލުން ހުސްނުކޮށްދީ މަޝްރޫޢުއަށް ހުރަސްއަޅަމުންދާތީ ކަމަށެވެ.

ރައީސް ވިދާޅުވީ މިއީ ފައިސާވެސް މުޅިން ހަމަޖެހިފައިވާ މަސައްކަތްތެއް ކަމަށާއި، އެތައް ގޮތަކުން މަސައްކަތްކޮށްވެސް މިހާތަނަށްވެސް ކައުންސިލުން މިކަމަށް އިޖާބަ ދީފައި ނުވާކަމަށެވެ. އެގޮތުން ކައުންސިލުން އެކި އުޒުރާއި ބަހަނާ ދައްކާ އެއްގޮތަކަށްވެސް އެކަން ވާނެ ގޮތެއް ނުދެއްކިކަން ފާހަގަކުރައްވާ ރައީސް ވަނީ ސަރުކާރުން އެކަމަށް ޙައްލެއް ގެނެސް އެކަން ކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

 

300 × 250

އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން ކަންކަން ކޮށްދިނުމަށް ރައްޔިތުންނަށް ވީ ވަޢުދަށް ހުރަސް އަޅައިގެން އެއްވެސް ފަރާތަކަށް ވާނެ ފައިދާއެއް ނޯންނާނެ ކަމަށެވެ. ރައީސް ވިދާޅުވީ މިހާރު އެތަނުގައި ހިންގާ ވިޔަފާރިތަކަށް ވަގުތީގޮތުން ގޮތްތަކެއް ހަމަޖައްސާ، މިކަމަށް މާ ލަސްތަކެއް ނުވެ ޙައްލު ގެނެސް، ސަރުކާރުން މަސައްކަތް ފަށާނެކަމަށެވެ.

ސަރުކާރުގެ ޢަމާޒަކީ މި މަސައްކަތް އަންނަ އަހަރުގެ ޑިސެމްބަރު 10ވަނަ ދުވަހަށް ނިންމާ ޚިދުމަތަށް ގެނައުމެވެ.

 

6 ފަންގިފިލާއަށް އިމާރާތްކުރާ، މުޅި އެ އިމާރާތުގެ ޖާގަ 95،000 އަށްވުރެ ބޮޑުއިރު، އިމާރާތުގައި ތަކެތި ވިއްކުމަށް ޖުމުލަ 455 ކިއޮސްކް ހުންނާނެއެވެ. މިއީ އެންމެ ޒަމާނީ ފެންވަރުގެ މާރުކޭޓެކެވެ.

މި މަޝްރޫޢުއަށް ސަރުކާރުން 126.34 މިލިޔަން ރުފިޔާ ޚަރަދުކުރެއެވެ. މި ޕްރޮޖެކްޓާއެކު، މާލޭގެ ބާޒާރުމަތީ ސަރަޙައްދަށް ބޮޑު ލުޔެއް ލިބި، އެ ސަރަޙައްދުގެ މަލަމަތި މުޅިން ބަދަލުކޮށްލާނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި