1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ބޯހިޔާވަހިކަމަށް ކުރިމަތިލީ މީހުންގެ ކްރޮސް ވެރިފިކޭޝަން ފަށައިފި

viber_image_2023-01-22_19-50-22-818
ފްލެޓުތަކުގެ ރަމްޒީ ކުރެހުމެއް
މަރިޔަމް އަފީފާ
211ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ސަރުކާރުން ހުޅުވާލި "އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން އެކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ކްރޮސް ވެރިފިކޭޝަން ފަށައިފިއެވެ.

 

ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ އެޕްލިކޭޝަންތަކުގެ ކްރޮސް ވެރިފިކޭޝަންގެ މަސައްކަތް ފަށާފައިވާކަމަށެވެ. ހައުސިން މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން އިދާރީގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް މަސައްކަތް ފެށީވެސް ވަގުތު ދީގެން އެމަސައްކަތް އެންމެ ރަނގަޅަށް ކުރެވޭނެ ފުރުޞަތު ހޯދުމަށްކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

300 × 250

 

ކްރޮސް ވެރިފިކޭޝަންއަކީ ފޯމުގައި ހުށައަޅާފައިވާ މަޢުލޫމާތު ދައުލަތުގެ އެކި އިދާރާތަކުގައި ލިބެން ހުރި މަޢުލޫމާތު އަޅާކިޔުމެވެ. މާލޭގައި ދިރިއުޅުނުކަމަށް ބުނާ މަޢުލޫމާތު ފަދަ މަޢުލޫމާތުތައް ޔަޤީންކުރުމުގެ މަސައްކަތް މިމަރުޙަލާގައި ކުރާނެއެވެ.

 

މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ވަގުތު ހަމަވީއިރު ބައިލައްކައަށްވުރެ ގިނަ މީހުންވަނީ ގޯއްޗަށާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށައަޅާފައެވެ.

ބޯހިޔާވަހިކަން އެންމެނަށް ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިއްމު ވަޢުދުފުޅެކެވެ. މިކަން ކަށަވަރުކުރުމަށް ޢިމާރާތްތަކުގެ ޢަމަލީ މަސައްކަތް ފެށުމުގެ މާކުރިން ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިންވަނީ އިދާރީ މަސައްކަތްތައްވެސް ފައްޓާވާފައެވެ.

 

ސަރުކާރުން ހުޅުވާލި ފުރުސަތުގައި، މުއްދަތު ހަމަވީއިރު ފްލެޓަށް އެދި 35900 އަށްވުރެ ގިނަ އެޕްލިކޭޝަން އަދި ގޯއްޗަށް އެދި 22000 އަށްވުރެ ގިނަ އެޕްލިކޭޝަންވަނީ ހުށައަޅާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި