1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޝައިޚް އިސްމާޢީލް އަވަހާރަވުމަކީ، ބޮޑު ހިތާމައަކާއި ފުން އަސަރުތަކެއް އިޙްސާސްކުރުވި ޚަބަރެއް: ރައީސް

91ae0b86-4d86-4b98-be8f-1ed652da08e9
ޝައިޚު އިސްމާއިލް، ރައީސް އަރިހުގައި
މަރިޔަމް އަފީފާ
189ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގެ އިސްލާމީ ތަޢުލީމާއި ތަރުބިއްޔަތުގެ ބިންގާ އެޅުއްވުމުގައި އަގުނުކުރެވޭފަދަ ބޮޑު ޚިދުމަތްތަކެއް ކުރެއްވި، ރާއްޖެ ދުށް އެންމެ ފާހަގަކޮށްލެވޭ ދީނީ ޢިލްމުވެރިޔާ މއ. ތޮއިބާ، ފަޟީލަތުއްޝައިޚް މުޙައްމަދު އިސްމާޢީލް އަވަހާރަވުމަކީ އެމަނިކުފާނަށް ބޮޑު ހިތާމައެއް ލިބިވަޑައިގެން ފުން އަސަރުތަކެއް ކުރުވި ޚަބަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ފަޟީލަތުއްޝައިޚް މުޙައްމަދު އިސްމާޢީލް އަވަހާރަވުމާއި ގުޅިގެން އެމަރުޙޫމްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ ފޮނުއްވި މެސެޖުގައެވެ.

300 × 250

 

ރައީސް އެކްސްގައި ކުރެއްވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވެފައިވަނީ، ދ. މީދޫ އަށް އުފަން ޝައިޚް އިސްމާޢީލަކީ ރާއްޖޭގައި ދީނީ ޢިލްމު ފެތުރުއްވުމަށާއި، ދީނީ ފޮތްތައް ދިވެހިބަހަށް ތަރުޖަމާކުރައްވައި ޝާއިޢުކުރެއްވުމުގައި އަގުނުކުރެވޭފަދަ މަތިވެރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއްކަން ފާހަގަކުރައްވާފައެވެ. މީގެއިތުރުން، ދިވެހި އެތައް ދަރިވަރުންނަކަށް ރާއްޖެއިން ބޭރުން ދީނީ ރޮނގުން މަތީ ތަޢުލީމުގެ ފުރުޞަތުތައް ހޯއްދަވައިދެއްވުމުގެ އިތުރުން، އެ މަނިކުފާނަކީ މިހާރުވެސް ޤައުމީ ޚިދުމަތުގެ އިސް ސަފުގައި ތިއްބެވި އެތައް ބޭފުޅުންނެއްގެ އުސްތާޛެއް ކަމަށް ރައީސް ވިދާޅުވިއެވެ.

 

ރައީސް އިތުރަސް ވިދާޅުވީ، ވިދާޅުވީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ޝައިޚް އިސްމާޢީލް އަވަހާރަވުމަކީ، އެމަނިކުފާނަށް ބޮޑު ހިތާމައަކާއި ފުން އަސަރުތަކެއް އިޙްސާސްކުރުވި ޚަބަރެއް ކަމަށެވެ.

 

ރައީސްގެ ތައުޒިޔާގެ ޕޯސްޓު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ، ދިވެހި ޤައުމަށާއި ދީނަށް ބޮޑެތި ޚިދުމަތްތަކެއް ކުރެއްވި މަރުޙޫމް ފަޟީލަތުއްޝައިޚް މުޙައްމަދު އިސްމާޢީލަށް މާތްﷲގެ ރުއްސެވުމާއި ފުއްސެވުން މިންވަރުކުރައްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި ދުޢާ ދަންނަވާފައެވެ.

 

މި ފުރުސަތުގައި ފަޟީލަތުއްޝައިޚް މުޙައްމަދު އިސްމާޢީލްގެ އާއިލާއަށް ހުވަދޫ އޮންލައިންގެ މެނޭޖްމަންޓާ އަދި ސްޓާފުންގެ ނަމުގައި ތައުޒިޔާ ދަންނަވަމެވެ. އަދި މި ހިތާމަވެރި ވަގުތުގައި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާކުރާ ހާލު، މައްޔިތާއަށް ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ މިންވަރު ކޮށްދެއްވުން އެދި ދުއާ ކުރަމެވެ. އާމީން!

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި