1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ކުޅިވަރު

ސްޕެއިނުން ތަފާތު ބޮޑުކޮށް ސައުދީ އަރަބިއްޔާ ބަލިކޮށްފި

spain-v-saudi-arabia-group-h-fifa-world-cup-2026-atlanta
ސްޕެއިން އާއި ސައުދީ އަރަބިއްޔާ ބައްދަލު ކުރިމެޗުގެ ތެރެއިން
ނަދީމް އަލީ
128ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އެޗްގައި މިރޭ ކުޅުނު މެޗުގައި ސްޕެއިނުން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. އެޓްލާންޓާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ސްޕެއިނުން ސައުދީ އަރަބިއްޔާގެ މައްޗަށް ކުރިހޯދީ 4-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިނުން ދެއްކި ވަރުގަދަ ކުޅުމާއެކު މެޗުގެ ކޮންޓްރޯލް އެޓީމުން ވަނީ ކުރީކޮޅު ހޯދާފައެވެ. އެގޮތުން މެޗުގެ 10 ވަނަ މިނެޓުގައި ޒުވާން ތަރި ލަމީން ޔަމާލް ވަނީ ލަނޑެއް ޖަހައި ސްޕެއިނަށް ކުރިހޯދައިދީފައެވެ. މިއީ މުޅި ޓީމުގެ ފުރިހަމަ ބައިވެރިވުމާއެކު އުފެއްދި ވަރަށް ރީތި ހަމަލާއެކެވެ.

ސްޕެއިނުގެ ދެވަނަ ލަނޑު މެޗުގެ 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިކޭލް އޮޔަރޒަބަލްއެވެ. އޭގެ ތިން މިނެޓު ފަހުން، މެޗުގެ 24 ވަނަ މިނެޓުގައި އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި ސްޕެއިނުގެ ލީޑު ތިން ލަނޑަށް ފުޅާކޮށްދީފައެވެ. މި ލަނޑުތަކާއެކު ފުރަތަމަ ބައިގަޑިއިރު ނިމުނުއިރު ސްޕެއިނުން އޮތީ މެޗުގެ ބޮޑު ކޮންޓްރޯލެއް ހޯދާފައެވެ.

300 × 250

ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް، 49 ވަނަ މިނެޓުގައި ސައުދީގެ ޑިފެންޑަރު ހަސަން އަލް-ތަމްބަކްތީ އަތުން ބައިކޮޅަށް ވަން ލަނޑާއެކު ސްޕެއިނުގެ ލީޑު ހަތަރު ލަނޑަށް ބަދަލުވިއެވެ. މެޗުގެ ބާކީ ބައިގައި ސްޕެއިނުން ބޯޅަ ހިފަހައްޓައިގެން ކުޅެ، ސައުދީއަށް ނުރައްކާތެރި ހަމަލާއެއް އުފެއްދުމުގެ ފުރުސަތެއް ނުދެއެވެ.
މި މޮޅާއެކު ސްޕެއިން މިހާރު އޮތީ ގްރޫޕް އެޗްގެ އެއްވަނައިގައެވެ.

ސްޕެއިނުގެ ކޯޗު ލުއިސް ޑި ލަ ފުއެންޓޭ މި މެޗަށް ނެރުނު ޓެކްޓިކަލް ބަދަލުތަކުގެ ސަބަބުން ޓީމުގެ އެޓޭކިން ވަރަށް ބޮޑަށް ވަރުގަދަވެގެން ދިޔަކަން ފާހަގަކުރެވެއެވެ. ވަކިން ހާއްސަކޮށް ލަމީން ޔަމާލް އާއި ނިކޯ ވިލިއަމްސްގެ ކުޅުން މި މެޗުގައި ފާހަގަކޮށްލެވެއެވެ.

މި ނަތީޖާއާއެކު ސްޕެއިން ރައުންޑް އޮފް 32 އަށް ދިއުމުގެ ފުރުސަތު ބޮޑުވެފައިވާއިރު، ސައުދީ އަރަބިއްޔާއަށް ދެން އޮތް މެޗުގައި ކޭޕް ވާޑް ބަލިކުރުން މަޖުބޫރެވެ. ގްރޫޕްގެ އަނެއް މެޗުގައި ބައްދަލުކުރާނީ އުރުގުއާއީ އާއި ކޭޕް ވާޑްއެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި