މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކުރި މީހެއްގެ ވީޑިއޯއެއް އާންމުވެއްޖެއެވެ.
މާތްﷲ އަށް ބަދުބަސްބުނެ ހުތުރު ބަހުން ވާހަކަދައްކަނިކޮށް ސޯޝަލް މީޑިއާގައި އާންމުވާން ފަށާފައިވާ ވީޑިއޯއިން ފެންނަނީ ދިވެހި އަންހެނެކެވެ. އަދި މީހަކު އޭނާ ހިފަހައްޓައިގެން ހުންނަ މަންޒަރު ވެސް ވީޑިއޯއިން ފެނިގެންދެ އެވެ.
އާންމުވެފައިވާ ވީޑިއޯގައި ހަޑި ހުތުރުބަުން މުއާމަލާތްކޮށް، މާތްﷲ އަށް ބަދުބަސް ބުނެފައިވަނީ އަތޮޅުތެރޭ ރަށަކަށް ނިސްބަތްވާ އަންހެނެކެވެ. އަދި އޭނާ އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށް ވެސް އެކި މީހުން ތުހުމަތުކުރެ އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.