1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މަސްވެރިންނަށް ދޭން ހުރި ބެކްލޮގު ކްލިއަރކޮށް، މިހާތަނަށް ދިން ފައިސާގެ އަދަދު 1.1 ބިލިއަނަށް އަރައިފި

c5bb60e8-6b0d-4ce7-b3e1-c80bb136d1fb
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް
މަރިޔަމް އަފީފާ
132ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ނިިމިދިޔަ ސަރުކާރުގައި މަސްވެރިންނަށް ނުދީ ފައިސާގެ ބެކްލޮގު ޚަލާސްކޮށް، މިއަހަރުގެ މިހާތަނަށް މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު 1.1 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

 

ވަޒީރު ޝިޔާމް މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

300 × 250

 

ވަޒީރު ޝިޔާމް ވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާދެމުންދާކަން ފާހަގަކުރައްވާފައެވެ. ޖޫން މަހުގެ ނިޔަލަށް މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ އަދަދު 1،175،803،626.60 (އެއް ބިލިޔަން އެއް ލައްކަ ހަތްދިހަ ފަސް މިލިޔަން، އަށްސަތޭކަ ތިންހާސް ހަ ސަތޭކަ ސައްބީސް ރުފިޔާ ފަސްދޮޅަސް ލާރި) އަށް އަރާ ކަން ވެސް ފާހަގަކުރައްވާފައިވެއެވެ.

 

ވަޒީރު ވިދާޅުވީ ރައީށް އެންމެ އިސްކަމެއް ދެއްވީ މަސްވެރިންނަށް ދޭން ހުރި ފައިސާގެ ބެކްލޮގް ޚަލާސްކުރުން ކަމަށެވެ. މަސްވެރިކަމުގެ ސިނާޢަތުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމާއި، ސިނާޢަތުގެ ތަރައްޤީ ސަރުކާރުން ކަށަވަރުކުރާނެކަމުގެ ޔަޤީންކަން މަސްވެރިކަމާބެހޭ ވަޒީރު ވަނީ ދެއްވާފައެވެ.

 

މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިއްމު ވަޢުދުފުޅެކެވެ.

2023 ވަނަ އަހަރު މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު މަސްވެރިންނަށް ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދީ ހުރިކަމަށް ސަރުކާރުން ވިދާޅުވެއެވެ. 2023 ވަނަ އަހަރު މި ސަރުކާރު ވެރިކަމާއި ހަވާލުވި އިރު 250 މިލިޔަން ރުފިޔާ މަސްވެރިންނަށް ނުދައްކާ އޮތެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި