1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރ. ދުވާފަރުގައި ގާއިމުކުރާ އައުޓްޑޯ ވޮލީކޯޓުގެ އަމަލީ މަސައްކަތް ނިމިއްޖެ

img-0824
ރ. ދުވާފަރުގައި ތަރައްގީ ކުރި އައުޓްޑޯ ވޮލީ ކޯޓު-- ފޮޓޯ: އެމްޓީސީސީ
މަރިޔަމް އަފީފާ
71ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރ. ދުވާފަރުގައި ގާއިމުކުރާ އައުޓްޑޯ ވޮލީކޯޓުގެ އަމަލީ މަސައްކަތް ނިމިއްޖެއެވެ.

 

އެ މަޝްރޫއު ކުރިއަށް ގެންދާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އިން ހާމަކުރައްވާފައިވާ ގޮތުގައި، ދުވާފަރުގައި ގާއިމްކުރާ އައުޓު ޑޯ ވޮލީ ކޯޓުގެ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށާއި، މި ކޯޓަކީ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ވޮލީކޯޓެއް ކަމަށެވެ.

300 × 250

 

ދުވާފަރުގައި އަލަށް ތަރައްގީކުރި މިކޯޓާއެކު އެރަށުގައި މިހާރު ދެ ވޮލީކޯޓު އެބައޮތެވެ. މި އައުޓްޑޯ ވޮލީ ކޯޓަކީ ރަށުގެ ތަރައްޤީއަށް ލިބުނު އިތުރު ކުރިއެރުމެކެވެ. އެގޮތުން އެރަށުގެ ރައްޔިތުންނަކީ ކުޅިވަރަށް ލޯބިކުރާ ބައެއްކަމުން، މީގެ ކުރިން އެންމެ ކޯޓެއް އޮތުމުން ހަވީރު ވަގުތު ކުޅެން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހަނިވެފައިވީ ނަމަވެސް މިހާރު ގިނަ މީހުންނަށް ހަވީރު ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

 

މިކޯޓުގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހު މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

 

ދުވާފަރަކީ އަތޮޅު ފެންވަރުގައި ފާހަގަކޮށްލެވޭ މޮޅެތި ވޮލީ ކުޅުންތެރިން ނިސްބަތްވާ ރަށެކެވެ.

 

ރާއްޖޭގެ އާބާދީއަކީ ހަށިހެޔޮ އާބާދީއަކަށް ހެދުމުގެ އަމާޒުގައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ކުޅިވަރުގެ ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންނެވެ. އެގޮތުން ކޯޓުތަކާއި ދަނޑުތަކުގެ އިތުރުން ޓްރެކްތަކުގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރަމުން އަންނައިރު، މި ވަސީލަތްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި އާންމުން ހިފަމުންދާކަން ފާހަގަކޮށްލެވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި