1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޕީސީބީގެ ރައީސްކަމަށް ނިޒާރު އައްޔަންކުރަން ރުހުންދީފި

59f95d89-6098-49c3-b5b6-bcbf4f4e085f
ނިޒާރު
މަރިޔަމް އަފީފާ
91ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްކަމުގެ މަޤާމަށް އައްޔަނު ކުރަށްވާފައިވާ މުޙައްމަދު ނިޒާރަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ނިޒާރަށް ރުހުން ދިނުމަށް ފާސްކުރީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 49 މެންބަރުންގެ ވޯޓުންނެވެ.

މި މަޤާމަށް ނިޒާރު ޢައްޔަންކުރައްވާފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު އަނަސް އިސްތިޢުފާ ދެއްވުމާ ގުޅިގެން މިދިޔަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި މި މައްސަލަ ދިރާސާކުރި ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް (އެސްއޯއީ) ކޮމިޓީންވެސް ވަނީ ނިޒާރަށް ރުހުން ދިނުމަށް ފެންނަ ކަމަށް ނިންމާފައެވެ.

300 × 250

މުޙައްމަދު ނިޒާރަކީ ބައިނަލްއަޤުވާމީ ވިޔަފާރި އާއި ކޯޕަރޭޓް މެނޭޖްމަންޓް އަދި ސަރުކާރުގެ އިދާރާތައް ހިންގުމުގެ ދާއިރާއިން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ފަންނީ މާހިރެކެވެ. މީގެ ކުރިން 2014 އިން 2019 އަށްވެސް އޭނާ ވަނީ ޕީސީބީގެ ރައީސްކަން ކުރަށްވައި، ދައުލަތުގެ ކުންފުނިތައް ހަރުދަނާކުރުމުގައި މުހިންމު މަސައްކަތްތަކެއް ކުރަށްވާފައެވެ.

ނިޒާރު ވަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައި، އެ ކުންފުނީގެ އިސް އެގްޒެކެޓިވް މަޤާމުތައް ފުރުއްވާފައެވެ. މީގެ އިތުރުން މޯލްޑިވްސް ގޭސް އަދި މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ފަދަ ކުންފުނިތަކުގެ ބޯޑު މެންބަރުކަންވެސް އޭނާ ވަނީ ކުރައްވާފައެވެ.

ތަޢުލީމީ ގޮތުން ބަލާއިރު، ނިޒާރަކީ ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (MBA) ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި ކޯޕަރޭޓް ގަވަރނަންސްއާ ގުޅޭ ބައިނަލްއަޤުވާމީ ގިނަ ތަމްރީނުތަކެއްވެސް އޭނާ ވަނީ ފުރިހަމަކުރައްވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި