1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ބޮޑުތަކުރުފާނު މަގު: މުޅި މަޝްރޫޢު ޖުލައި 26އަށް ނިންމަނީ

Screenshot 2026-06-25 073401
ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއުގެ ފޮޓޯއެއް / ފޮޓޯ: އެމްޓީސީސީ
މަރިޔަމް އަފީފާ
142ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މިހާރު ހަދަމުންދާ ސަރަހައްދުގައި ތާރުއެޅުމުގެ މަސައްކަތް އަންނަ ބުދަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.

 

އެ މަޝްރުއު ކުރިއަށް ގެންދާ ކުންފުނި، އެމްޓީސީސީއިން ހާމަކުރައްވާފައިވާ ގޮތުގައި، ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 4 ސެގްމެންޓެއްގެ މަސައްކަތެވެ. އެއީ މިއަހަރުގެ މާރޗް މަހުގެ ތެރޭގައި މަސައްކަތް ފެށި، އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާހަމައަށް އޮންނަ ސަރަޙައްދެވެ.

300 × 250

 

އެ މަސައްކަތުގެ ތެރެއިން ސެގްމެންޓު، 3،4،5ގެ ހުރިހާ މަސައްކަތެއްހެން ގާތްގަނޑަކަށް ނިންމާ ތާރު އެޅުމަށް މިހާރު ތައްޔާރުކޮށްފައިވާކަމަށާ އެއީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާހަމައަށް އޮންނަ ސަރަޙައްދު ކަމަށް ވެސް އެމްޓީސީސީއިން މައުލޫމާތު ދީފައިވެއެވެ

މަގު ހެދުމުގެ ބޮޑުބައެއް މިހާރު ނިމިފައިވާއިރު، ޕޭމަންޓު ހެދުމުގެ ނުނިމި ހުރި ބައެއް މަސައްކަތްތައް ކުރިއަށްއޮތް 2ދުވަހެއްހާ ދުވަހުގެތެރޭގައި ނިންމާލެވޭނެކަމަށާއި، ސެގްމެންޓު 2ގެ ޝީޓްޕައިލްގެ މަސައްކަތްތައް އަންނަ ހަފްތާތެރޭ ފެށުމަށް ތައްޔާރުވަމުން އަންނަކަމަށްވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

 

ތާރު އެޅުމަށް ބޭނުންވާ މެޝިނަރީޒްތައް މޮބިލައިޒްކުރުމުގެ މަސައްކަތްތައް އަންނަމަހުގެ 1ގައި ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށާ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ކާނިވަލްގެ ޕާކިންޒޯނާ ހަމައަށް އޮންނަ ސަރަޙައްދު ބަންދުކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އެ ސަރަހައްދު ބަންދު ކުރި ނަމަވެސް ކާނިވަލްގެ ޕާކިން ޒޯން ބޭނުންކުރެވޭނެއެވެ.

 

300 × 250

ތާރު އެޅުމަށް ހަމަޖެހިފައިވަނީ 2 ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ތާރުއަޅާނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށެވެ. މަގުގައި މިހާރު މަސައްކަތް ކުރިއަށްދާ ސަރަޙައްދުގެ ހުރިހާ މަސައްކަތްތަކެއް ނިންމާ ޖުލައި26ގެ ކުރިން ނިންމާލުމަށް މަސައްކަތްކުރަމުންދާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

މުޅި މަޝްރޫޢުގެ މަސައްކަތްތައްނިމި އާންމުންނަށް ހުޅުވާލުމާއެކު، މަގު އިތުރަށް ތަނަވަސްވެ ހިނގާބިނގާވެ އުޅޭ މީހުންނަށްވެސް ބޮޑު ލުއިފަސޭހަ ލިބިގެންދާނެއެވެ.

 

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި