އަތޮޅުތެރޭގެ ރަށްރަށުގެ ފިހާރަތަކުގައި ތަކެތި ލިބެން ހުރި އަގުތައް "އަގުމަގު" ޕޯޓަލް މެދުވެރިކޮށް ބަލައިލެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށައިފިއެވެ.
އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ގެނެސްދޭ، "ޓްރޭޑް ޑެސްކް ވިތު އަނާ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލު ރިފާޢު ވިދާޅުވީ، މިހާރު "އަގުމަގު" ޕޯޓަލް މެދުވެރިކޮށް ފެންނަނީ ހަމައެކަނި މާލެ ސަރަޙައްދުގެ ފިހާރަތަކުގެ އަގުތައް އެކަނި ނަމަވެސް، ވިޔަފާރިތަކުގެ ޕީއޯއެސް ސިސްޓަމްތައް އިންޓަގްރޭޓް ކުރެވުމާއެކު، އަތޮޅުތެރޭގެ އެކި ރަށްރަށުގެ އައުޓްލެޓްތަކުގައި ތަކެތި ހުރި އަގުތައް ވެސް ރައްޔިތުންނަށް ފެންނަން ހުންނާނެ ކަމަށެވެ.
ރައްޔިތުންނަށް މި ޚިދުމަތް އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން "އަގުމަގު" ގެ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާކަން ފާހަގަކުރައްވާ ރިފާޢު އިތުރަށް ވިދާޅުވީ، ޖުލައި މަހުގެ ތެރޭގައި މަސައްކަތުގެ ބޮޑުބައެއް ނިންމައި، އަންނަ މަހުގެ ތެރޭގައި އަތޮޅުތެރޭގެ އަގުތައް ވެސް ޕޯޓަލްއިން ފެންނާނެ ގޮތް ހެދުމަށް އިންތިޒާމުތައް ހަމަޖައްސާނެ ކަމަށެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.