1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އަހަރުގެ މިހާތަނަށް ރާއްޖޭގެ ރިސޯޓުތަކުގައި 7 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފި

tourists-traveling-to-the-maldives
ފަތުރުވެރިން
މަރިޔަމް އަފީފާ
112ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އަހަރުގެ މިހާތަނަށް ރާއްޖޭގެ ރިސޯޓުތަކުގައި 7 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އަހަރުގެ މިހާތަނަށް ރާއްޖެއަށް މިލިޔަނަށްކަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެއީ 1،036،558 ފަތުރުވެރިންނެވެ.  މިއީ، ރާއްޖެ އައި ފަތުރުވެރިންގެ %71.8 އެވެ.

އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ، ރިސޯޓުތަކުގައެވެ. އެގޮތުން ރިސޯޓުތަކުގައި 727،709 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިއެވެ. ރާއްޖޭގައި މިވަގުތު 179 ރިސޯޓެއް އަންނަނީ، އޮޕަރޭޓް ކުރަމުންނެވެ. ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތްދޭ އެނދުގެ އަދަދުގެ %67 ހިއްސާކުރަނީ ރިސޯޓްތައްކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

300 × 250

2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ، ގެސްޓްހައުސްތަކުގައެވެ. އެއީ، 238،417 ފަތުރުވެރިންނެވެ. ރާއްޖޭގައި މިވަގުތު 923 ގެސްޓްހައުސް އަންނަނީ، އޮޕަރޭޓް ކުރަމުންނެވެ.

މި މުއްދަތުގައި ހޮޓެލްތަކުގައި 24،978 ފަތުރުވެރިން، ސަފާރީ އުޅަނދުތަކުގައި 21،008 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އޭގެ އިތުރުން ރަޝިޔާ، އިނގިރޭސިވިލާވާތާ އިޓަލީގެ އިތުރުން ޖަރުމަނުވެސް ފަތުރުވެރިންވެސް އައިސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ.

 

 

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި