1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މޫސުމީ ދަތިތަކަކުން ޙައްލެއް، އެން އާލާކުރަން ވަނީ ފަށާފައި

314
ރާއްޖޭގެ ފަޅެއްގައި އެން އާލާކުރުމުގެ މަސައްކަތް ކުރިއަށްދާ މަންޒަރު ދައްކުވައިދޭ އޭއައި އިން ތައްޔާރުކޮށްފައިވާ ތަސްވީރެއް-----ޝަފާ
ޝަފްޢަތު ، ހުވަދޫ މީޑީއާ
192ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ސަރުކާރުގެ އިސްނެގުމުގެ މަތިން އެން އާލާކުރުމުގެ މަސައްކަތް ބަޔަކު ފަށާފައިވާ ކަމަށާއި، 2028 ވަނަ އަހަރުގެ ތެރޭގައި މަސްވެރިންނަށް އެން ދޫކުރަން ފެށޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބެވެ.

ސްޓޭޓް މިނިސްޓަރު މުއްތަލިބް ވިދާޅުވީ ރާއްޖޭގައި މެރިކަލްޗާގެ މަސައްކަތް މީގެ ކުރިން ކޮޓޭޖް ލެވެލްގައި ކުރި ނަމަވެސް، މިހާރު ސަރުކާރުގެ އަމާޒަކީ މިއީ ވަކި ސިނާއަތެއްގެ ގޮތުގައި ކުރިއަށް ގެންދިއުން ކަމަށެވެ. މިގޮތުން މޫދުވިނަ ހެއްދުމާއި އެން އާލާކުރުމުގެ މަސައްކަތްތައް މިހާރު ވަނީ ފެށިފައެވެ.

312ރާއްޖޭގެ ފަޅެއްގައި އެން އާލާކުރުމުގެ މަސައްކަތް ކުރިއަށްދާ މަންޒަރު ދައްކުވައިދޭ އޭއައި އިން ތައްޔާރުކޮށްފައިވާ ތަސްވީރެއް-----ޝަފާ

300 × 250

މެރިކަލްޗާ ކުރިއެރުވުމަށްޓަކައި މާލެ ސަރަހައްދުން ކ. މަނިޔަފުއްޓާއި އެ ރަށް ކައިރީގައި އޮތް ފަޅެއްގެ އިތުރުން، ގދ. އަތޮޅުގެ ފަޅެއް ފާނަ އާލާކުރުމަށް ދޫކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. ސަރުކާރުގެ އެދުމުގެ މަތިން މި ތަންތަނުގައި މިހާރު ދަނީ އެން އާލާކުރުމުގެ އަމަލީ މަސައްކަތްތައް ކުރަމުންނެވެ.

މޫސުން ގޯސްވާ ދުވަސްވަރު މަސްވެރިންނަށް ދިމާވާ އެން ނުލިބުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގދ. އަތޮޅުގައި މެރިކަލްޗާ ކުރާ ކުންފުންޏަކާއެކު މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފައެވެ. "އެބޭފުޅުން ރާއްޖޭގެ މަސްވެރިންނަށް ބޭނުންވާ އެން އާލާކުރުމުގެ މަސައްކަތް ފަށައި، 2028 ވަނަ އަހަރުގެ ތެރޭގައި އަޅުގަނޑުމެން މި ބަލަނީ މަސްވެރިންނާ ހަމައަށް އެން ފޯރުކޮށްދިނުމުގެ މަސައްކަތް އެ ކުންފުނި މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ ކަމަށް،" މުއްތަލިބް ވިދާޅުވިއެވެ.

u85ރާއްޖޭގެ ފަޅެއްގައި އެން އާލާކުރުމުގެ މަސައްކަތް ކުރިއަށްދާ މަންޒަރު ދައްކުވައިދޭ އޭއައި އިން ތައްޔާރުކޮށްފައިވާ ތަސްވީރެއް-----ޝަފާ

ރާއްޖޭގައި މިހާރުވެސް މެރިކަލްޗާގެ ދަށުން ޑިނގާ، ހުއިފިލަނޑާ، ފާނަ އަދި ސީވީޑް އާލާކުރަމުންދާއިރު، ދާދި ފަހުން ވަނީ މޫދުވިނަ ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރަން ވެސް ފަށާފައެވެ. މިއީ ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި