1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އުފާވެރި ޚަބަރެއް: ރައީސްއާ ވަކިން ބައްދަލުކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލަނީ!

img-1264-1536x1025-1
ރައީސް ޑރ. މުއިއްޒު، މާފަންނުގެ ރައްޔިތުންނާއެކު މީގެކުރިން ބޭއްވި ބައްދަލުވުން./ ފޮޓޯ: ރައީސް އޮފީސް
މަރިޔަމް އަފީފާ
162ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއާ ވަކިން ބައްދަލުކުރަން ބޭނުންވާ ދިވެހި ރައްޔިތުންނަށް އެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

 

މި އުފާވެރި ކަބަރު އެމަނިކުފާނު ދިވެހި ރައްޔިތުންނަށް ދެއްވީ، ދައުލަތުގެ މީޑިޔާ، ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޕޮޑްކާސްޓުގެ އެންކަރ އެމަނިކުފާނާ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ކޮންމެ ހަފްތާއެއްގެ އެއް ދުވަހު ނުވަތަ ދެ ދުވަހަކު ވަކި އުސޫލެއް ކަނޑައަޅައިގެން ވަކި ވަގުތުތަކެއްގައި އެމަނިކުފާނާ ރައްޔިތުންނަށް ވަކިން ބައްދަލުކުރެއްވޭ ގޮތަށް ހަމަޖައްސަމުންދާ ކަމަށެވެ.

300 × 250

 

އެ ބައްދަލުވުންތައް ބާއްވާނީ ދާއިރާތައް ވަކިވަކިން ކޮންމެ ދާއިރާއަކުން ވަކި އަދަދެއްގެ ރައްޔިތުންތަކަކާ އެކީ ކަމަށާއި 93 ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރަން ގިނަ ދުވަސްތަކެއް ނަގާނެ ކަމަށާ އެގޮތުން އަހަރެއްހާ ދުވަސް އެކަމަށް ނަގާފާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 

ކިތަންމެ ދުވަހަކާ ވަގުތެއް ނެގި ނަމަވެސް ކޮންމެ ދާއިރާއަކުން 10 ވަރަކަށް ނޫނީ 15 ވަރަކަށް އާއިލާއާ ބައްދަލުވާ ކަމަށްވާ ނަމަ، ނުވަތަ 15 ވަރަކަށް ގޭގެ ފަރާތްތަކާ ބައްދަލުވާ ނަމަ، ވަރަށް ގިނަ މީހުންނަށް އެމީހަކު ބޭނުންވާ ވާހަކައެއް ދައްކަން ފުރުސަތު ލިބިގެން ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 

ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަކީ އެމަނިކުފާނު އެންމެ އިސްކަން ދެއްވާ ކަމުގެ ގޮތުގައި ފާހަގަކުރައްވާ ރައީސް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ރަށްރަށަށް ދަތުރުފުޅު ކުރައްވާއިރު، އިސްކަން ދެއްވާނީ ވެސް އެކަހަލަ ފުރުސަތުތައް ދިނުމަށް ކަމަށެވެ.

300 × 250

 

މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން މީގެ ކުރިން ރައީސް ބޭއްވެވި ބައްދަލުވުންތަކަށް އިޝާރާތްކުރައްވާ އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ ތެރެއިން ބައެއް މީހުން އެދުނު ކަންކަމަށް އެޑްރެސްކޮށްފައިވާ ކަމަށެވެ. އަދި އެއްވެސް މީހަކަށް އެމީހަކު އެދުނު ކަމަކާ ގުޅިގެން އެމަނިކުފާނުގެ ފަރާތްޕުުޅުން ޖަވާބެއް ނޫނީ ކަމެއް ހަމަޖައްސައި ނުދެވި އޮތް ނަމަ، އެކަން އެމަނިކުފާނާ ހަމައަށް ގެނެސްދިނުމަށް އެދިވަޑައިގެންނެވިއެވެ.

 

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި