1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޕޭޕަލް ފަދަ އިތުރު ބޮޑެތި ޚިދުމަތްތަކެއް ވެސް ރާއްޖެއަށް ތައާރަފްކުރަނީ

462392_3eba03b3-3_
ޕޭޕަލް ތައާރަފްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
މަރިޔަމް އަފީފާ
73ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޕޭޕަލް ފަދަ އިތުރު ބޮޑެތި ޚިދުމަތްތަކެއް ވެސް ރާއްޖެއަށް ތައާރަފްކުރަން ތައްޔާރުވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާލުވެއްޖެއެވެ.

 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، "ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ވަނީ، ޕޭޕަލް ރާއްޖެއަށް ތައާރަފްކުރެވުނީ ފެށުނީއްސުރެ އެ މަގްސަދު ހާސިލުވުމާ ހަމައަށް ނުހަނު ގިނަ މަސައްކަތްތަކެއް ކުރެވިގެން ކަން ފާހަގަކުރައްވާފައެވެ.

300 × 250

 

ބައެއް ފަރާތްތަކުން ނުކުރެވޭނެ ކަމެއް ކަމަށް ބުނި ނަމަވެސް އެކަން މިހާރުކޮށް ނިމި ރައްޔިތުންނަށް އޭގެ ފައިދާ ކުރާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެކަން ހާސިލުވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ނުހަނު އުފާވެރިކަމެއް ކަމަށެވެ. ޕޭޕަލްގެ އިތުރުން، އިތުރު ހިދުމަތްތަކެއް ރާއްޖެއަށް ގެނައުމާއި ޕޭޕަލް ތެރެއިން އިތުރު ކަންތައްތައް ފަހިކޮށްދިނުން ކުރިއަށް އެބައޮތް ކަންވެސް އެމަނިކުފާނު ވަނީ ރޭ އިއުލަންކުރައްވާފައެވެ.

 

އެގޮތުން، ޑިޖިޓަލް އިކޮނޮމީއެއް ގާއިމު ކުރުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު ވައުދެއްކަމާ ޑިޖިޓަލް އިކޮނޮމީން ރާއްޖޭގެ ޖީޑީޕީއަށް 15 އިންސައްތަ ކޮންޓްރިބިއުޓް ކުރެވޭ ހިސާބަށް ގެންދިއުން 2030 އާއި ހަމައަށްދާންވާއިރަށް ފުރިހަމަ ކުރުމަކީ އެއީ އެމަނިކުފާނުގެޓާގެޓެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ގޫގުލް ވެސް މިިހާރު ރާއްޖެ އައިސްފައިވާ ކަމަށެވެ.

 

އެކަމަކީ ވެސް ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރި މަސައްކަތެއްކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އެކަން ވެސް، އދ. ގެ ޖެނެރަލް އެސެމްބްލީއަށް 2024 ގައި އެމަނިކުފާނު ވަޑައިގެންނެވިއިރު، އެމަނިކުފާނު އެދިވަޑައިގެން އެމީހުންނާއި ބައްދަލުކޮށްގެން ކުރެވުނު މަޝްވަރާގެ ތެރެއިން ރާއްޖެއައިސް މަސައްކަތް ފެށީ ކަމަށެވެ.

300 × 250

 

ގޫގަލްއިން މިހާރު ރާއްޖޭގައި މަސައްކަތްތައް ފަށާފައިވާއިރު، އެކަމުގެ ތެރެއިން ވަރަށް ގިނަ ކަންތައްތައް ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. "ޔޫޓިއުބް މަނިޓައިޒޭޝަން" ނުވަތަ ޔޫޓިއުބް މެދުވެރިކޮށް ފައިސާ ލިބޭނެ މަގު ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

 

މިފަދަ ކަންކަމުން ޒުވާނުންނަށް އަދި ކްރިއޭޓިވް އިންޑަސްޓްރީގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑު ލުއިތަކެއް ކުރިއަށް ދިއުމުގައި ލިބިގެންދާނެކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި