1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އިގްތިސޯދު ރަގަޅުކުރަން ވެސް އަސާސީ ހައްގުތަކަށް ބުރުލެއް ނޭރުވޭނެ: މުންދު

b_202605070326501778149610.7153
ސަރުކާރުގެ އިސް ތަރުޖަމާނު
މަރިޔަމް އަފީފާ
231ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހިރާއްޖޭގެ އިގްތިސޯދު ހަމައަކަށް އަޅުވައި މާލީ ގޮތުން ބާރުވެރިކުރަން އިގްތިސޯދީ އިސްލާހީ ފިޔަވަޅުތައް ސަރުކާރުން އެޅި ނަމަވެސް، ރައްޔިތުންނަށް ބޭނުންވާ އަސާސީ އެއްވެސް ހައްގަކަށް އުނިކަމެއް ނުވަތަ ބުރުލެއް ނާރާނެ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު ވިދާޅުވެއްޖެއެވެ.

މުންދު މިފަދައިން ވިދާޅުވެފައިވަނީ، "ޕްރެސް ވިތް ސްޕޮކްސް" ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މުންދު ވިދާޅުވީ، އިގްތިސާދީ ހަރަކާތްތަކާއި ރައްޔިތުންގެ ދިރިއުޅުމަށް ބުރަ ނުވާނެ ގޮތަކަށް ބަލައިގެން ދައުލަތުގެ މާލިއްޔަތު ރަނގަޅުކުރުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށާ އަސާސީ ކަންތައްތައް ހުއްޓާލައިގެން މާލިއްޔަތު ރަނގަޅު ކުރުމަކީ ދެމެހެއްޓެނިވި ގޮތެއް ނޫން ކަމަށެވެ.

300 × 250

ބޭރުގެ ދަރަންޏާ އަދި އެތެރޭގެ ދަރަންޏަށް އިޝާރާތްކުރައްވާ މުންދު ވިދާޅުވީ، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ބޭރުގެ ދަރަނިތައް އަދާކުރުމަށް ކަމަށެވެ. އެގޮތުން ބޭރުގެ ދަރަންޏެއް ޑީފޯލްޓް ވެއްޖެނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ގައުމަށް ވަރަށް ބޮޑަށް ކުރާނެކަން މުންދު ފާހަގަކުރެއްވިއެވެ.

ރާއްޖެ އޮތީ ވަރަށް ރަގަޅު ހާލަތެއްގައި ކަމަށް ސަރުކާރުން ނުބުނާކަން ފާހަގަކުރައްވާ މުންދު ވިދާޅުވީ، ރާއްޖެއަށް އެތެރެކުރާ ތެލަށާއި، މުވައްޒަފުންގެ މުސާރަ އަދި އާސަންދަ ފަދަ ޚަރަދުތަކަކީ ރާއްޖޭގެ މާލީ އިދާރާތަކާއި، ލިބޭ ހިލޭ އެހީގެ އިތުރުން ފަތުރުވެރިކަމާއި ކަސްޓަމްސް ޑިއުޓީ ފަދަ ކަންކަމުން ލިބޭ އާމްދަނީން ހަމަޖައްސަންޖެހޭ ކަންކަން ކަމަށެވެ. އެތެރޭގެ ދަރަނި ހުރީ ސަރުކާރުން ހިތްހަމަޖެހޭ މިންވަރަށްވުރެ މަތީގައި ކަމަށެވެ. ނަމަވެސް އެކަންކަން މަރުހަލާތަކަކަށް ބަހާލައިގެން ހައްލުކުރާނެ ކަމަށް ވެސް މުންދު ވަނީ ވިދާޅުވެފައެވެ.

ބޭރުގެ ބައެއް މާލީ އިދާރާތަކުން ހަރަދު ކުޑަކުރުމަށް ދޭ ލަފާ ގަބޫލުކުރި ނަމަވެސް އޭގެ ސަބަބުން ރައްޔިތުންގެ އަސާސީ ހައްގުތަކަށް އުނިކަމެއް އަންނަ ނަމަ އެކަން އެގޮތަށް ސަރުކާރަށް ނުކުރެވޭނެ ކަމަށާ އެތެރޭގެ ދަރަނި ކުޑަކުރުމުގެ ގޮތުން ފިޔަވަޅެއް އަޅަން ޖެހިއްޖެ ހާލަތެއްގައިވެސް، އެންމެ ބޮޑުވަރަކަށްވެސް އުނި ވާނީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ ފައިސާ ކަމަށްވެސް މުންދު ވިދާޅުވެފައިވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި