1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މަސްތުވާތަކެތީގެ މައްސަލައަށް ހައްލުހޯދުމަކީ ޤައުމުގެ މުސްތަޤްބަލަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް: ރައީސް

މުއިއްޒު
ރައީސް މުއިއްޒު
މަރިޔަމް އަފީފާ
192ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯދުމަކީ ގައުމުގެ މުސްތަގުބަލަށްޓަކައި ކޮންމެހެން ކުރަން ޖެހިފައިވާކަމެއް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ޣައިރުޤާނޫނީ ވިޔަފާރިއާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖެއްގައި ރައީސް ވަނީ، މައްސަލައާ ދެކޮޅަށް މިހާރަށްވުރެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާ، މިއީ ޤައުމުގެ މުސްތަޤްބަލާއި ޒުވާނުންގެ ހިމާޔަތަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތެއް ކަމަށް ވިދާޅުވެފައެވެ.

މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، މިއަހަރުގެ ފަހުކޮޅު ރާއްޖޭގެ ތިން ސަރަޙައްދެއްގައި ވަށާޖެހޭ ފުރިހަމަ ޚިދުމަތްދެވޭނެ ރިހެބިލިޓޭޝަން ސެންޓަރުތައް ހުޅުވުމަށް ސަރުކާރުން ނިންމާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މިއީ މި ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާދީ، އަލުން މުޖުތަމަޢަށް ނެރުމަށް ކުރެވޭނެ މުހިއްމު މަސައްކަތަކަށްވާނެއެވެ.

300 × 250

މިފަހުން ގެނެވުނު ޤާނޫނީ އިޞްލާޙުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މި ބަދަލުތަކާއެކު މުއައްސަސާތަކުގެ މެދުގައި އޮތް ގުޅުން ވަރުގަދަވެ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތައް ރޫޅާލުމަށް ކުރާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އަދި އާ ސައިކޯއެކްޓިވް މާއްދާތަކާއި، ބަދަލުވަމުންދާ ވިޔަފާރީގެ އުކުޅުތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ބައިވެރިންނާއެކު ރާއްޖެއިން ގާތުން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

މީގެއިތުރުން، މިއަހަރުގެ ބައިނަލްއަޤުވާމީ ޝިޢާރު ކަމަށްވާ "ދުނިޔޭގެ މަސްތުވާތަކެތީގެ މައްސަލަ: ދެމިއޮތް ކަންބޮޑުވުންތައް، އާ ގޮންޖެހުންތައް، އާ އީޖާދީ ހައްލުތައް" މި މައުޟޫޢުގެ ދަށުން މަސައްކަތް ކުރުމުގައި ރާއްޖެ ސާބިތުކަމާއެކު އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލެއްވީ، މަސްތުވާތަކެތިން ސަލާމަތްވެފައިވާ ޤައުމެއް ބިނާކުރުމަށްޓަކައި އާއިލާތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، ޕްރައިވެޓް ސެކްޓަރ ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވަމުންނެވެ. އަދި އެކަކު އަނެކަކަށް އަޅާލާ، އޯގާތެރި މުޖުތަމަޢެއްގެ ތެރެއިން މި މައްސަލައަށް ކާމިޔާބު ހައްލެއް ހޯދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި