އދ. ހަންޏާމީދޫ ބަނދަރު ސަރަހައްދުގައި އޮތް ބަގީއެއް ދުއްވަން އުޅުމުގެ ތެރޭގައި ބަގީއާއެކު މޫދަށް ވެއްޓި ކުޑަކުއްޖަކު މަރުވި ހިތާމަވެރި ހާދިސާ ފުލުހުންގެ އިދާރާއިން އިތުރަށް ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ އިއްޔެ ހަވީރު 5:10 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ބުނި ގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 14 އަހަރުގެ ކުއްޖެކެވެ. މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ބަނދަރު ސަރަހައްދުގައި ތަޅުދަނޑި ޖަހާފައި އޮތް ބަގީއަކަށް އެ ކުއްޖާ އަރައި، އެ ދުއްވަން އުޅުމުގެ ތެރޭގައި ކޮންޓްރޯލުން ނެއްޓިގެންނެވެ. މި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ތިބި އާންމުން، ބަގީ ހިފަހައްޓައި ކުއްޖާ މޫދަށް ވެއްޓުނަ ނުދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފުލުހުން ފާހަގަކުރިއެވެ. ނަމަވެސް ބަގީއާއެކު ކުއްޖާ މޫދަށް ވެއްޓުމުން، ވަގުތުން އާންމުން ނުކުމެ ކުއްޖާ މޫދުން ނަގައިގެން ހަންޏާމީދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވެއެވެ. ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ވިދާޅުވީ، ކުއްޖާ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ. މި ހާދިސާގައި މަރުވި ކުއްޖާގެ ޖަނާޒާ ރޭ ދަންވަރު 12:00 ގައި ހަންޏާމީދޫގައި ވަނީ ބާއްވާފައެވެ. ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް އިތުރަށް ބަލައި ތަހުގީގު ކުރަމުންނެވެ.
ބަގީއަކާއެކު މޫދަށް ވެއްޓި، ކުޑަކުއްޖަކު މަރުވި މައްސަލަ ތަހުގީގު ކުރަނީ

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.