1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އައްޒަގެ ދެވި' ގެ ޓައިޓަލް ވީޑިއޯ ވައިރަލްވެ، ބައި މިލިއަން މީހުންގެ ސަމާލުކަން ހޯދައިފި

DEV
ދެވި ގެ ޓްރެއިލަރ ކަވަރ.....
ޝީޒާ އަލީ
1,409ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކުޅަދާނަ އެކްޓްރެސް މަރްޔަމް އައްޒަޕްރޮޑިއުސަރެއްގެ ގޮތުގައި ނުކުންނަ ފުރަތަމަ ފިލްމު "ދެވި" ގެ ޓައިޓަލް ވީޑިއޯ އިއްޔެ އާންމުކުރުމާއެކު، ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

ވީޑިއޯ އާންމުކުރިތާ އެންމެ 12 ގަޑިއިރުގެ ތެރޭގައި ބައި މިލިއަން މީހުން މި ވީޑިއޯ ބަލާފައިވާއިރު، މިއީ ދިވެހި ފިލްމެއްގެ އިއުލާނަކަށް ލިބުނު އެންމެ ބޮޑު އެއް ސަމާލުކަމެވެ.

މިފިލްމްވެގެންދާނީ އައްޒަގެ ކާމިޔާބު ފިލްމީ ކެރިއަރުގައި ފާހަގަކޮށްލެވޭނެ ވަރަށް މުހިންމު މޭލުގަލަކަށްކަން ގިނަބަޔަކު ދަނީ ބުނަމުންނެވެ.

300 × 250

ޝޫޓިންގެ ހުރިހާ މަސައްކަތެއްނިމި، ޕޯސްޓްޕްރޮޑަކްޝަންގެ މަސައްކަތްތައް ކުރިޔަށްދާ ފިލްމް "ދެވި"ގެ ޑައިރެކްޓަރަކީ ހުސެން ހާޒިމް (ސޭންޑީ) އެވެ. އަދި މިފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވަނީ ސޭންޑީ އާއި ޝަހުދާ ގުޅިގެންނެވެ.

މި ފިލްމަކީ ޓެކްނިކަލް ގޮތުން ބަލާއިރު ދިވެހި ސިނަމާގައި މިހާތަނަށް ކުރެވޭ އެންމެ ބޮޑު އެއް މަސައްކަތެވެ. ޚާއްސަކޮށް ފިލްމުގެ ޕޯސްޓް-ޕްރޮޑަކްޝަން އަދި ވީއެފްއެކްސް މަސައްކަތްތަކަކީ ވަރަށް ފެންވަރު ރަނގަޅު މަސައްކަތްތަކެއް ކަމަށް ބެލެވެއެވެ.

މީގެ އިތުރުން، މި ފިލްމުގެ އެކްޝަން މަންޒަރުތަކަކީ ބެލުންތެރިންނަށް މުޅިން އާ ތަޖުރިބާއެއް ގެނެސްދޭނެ، ޝައުގުވެރި މަންޒަރުތަކެކެވެ. ސަބަބަކީ، ފިލްމުގެ އެކްޝަން މަންޒަރުތައް ފުރިހަމަކުރުމުގައި އެމް.އެން.ޑީ.އެފް ގެ އެސް.އޯ.ޖީ (ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް) ޓީމުގެ ބައިވެރިވުން ހިމެނިފައިވުމެވެ.

ސެޕްޓެމްބަރު މަހުގެ 26ވަނަ ދުވަހުޕްރިމިއާރ ކުރުމަށް ހަމަޖެހިފައިވާ މިފިލްމުގެ ނަން ރަސްމީކޮށް އިއުލާންކޮށް، ޓައިޓަލް ވީޑިއޯއަށް ލިބުނު ބޮޑު ތަރުހީބާއެކު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ މި ފިލްމަށް އިންތިޒާރުކުރަމުންދާކަން ހާމަކުރަމުންނެވެ. ބެލުންތެރިން މިހާރު ތިބީ އައްޒަގެ މި އައު އުފެއްދުން ސިނަމާއަށް އަންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި