1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހިމަބިހި ފެތުރުން ހުއްޓުވުމަށް އާއްމުކޮށް ހުޅުވާލައިގެން އެމްއާރު ވެކްސިން ދޭން ފަށައިފި

health
އެޗްޕީއޭ ހުންނަ އިމާރާތް، ރޯޝަނީ ބިލްޑިން
މަރިޔަމް އަފީފާ
223ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހިމަބިހި ފެތުރުން ހުއްޓުވުމަށް އާއްމުކޮށް ހުޅުވާލައިގެން އެމއާރު ވެކްސިން ދޭން ފަށައިފިއެވެ.

ރާއްޖޭގައި ބަލިތަކުން ރައްކާތެރިވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގައި ހިމަބިހި (މީސަލްސް) ފެތުރުން ހުއްޓުވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އާއްމުކޮށް ހުޅުވާލައިގެން ވެކްސިން ދިނުމުގެ ބޮޑު ކެމްޕޭނެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހާމަކުރައްވާފައެވެ.

ރާއްޖޭގައި ހިމަބިހީގެ "އައުޓްބްރޭކެއް" ފާހަގަކުރެވިފައިވާއިރު، އެޗްޕީއޭއިން ވަނީ، ސިއްޙީ ޚިދުމަތްތެރިންނަށާއި 18 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން އެމްއާރް ވެކްސިން ދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް ފަށާ ފޭސްތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމުގެ ދަށުން، ބަލިމީހުންނާ ސީދާ ގޮތުން މުޢާމަލާތްކުރާ ސިއްޙީ ޚިދުމަތްތެރިންނަށާއި، 18 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންގެ ތެރެއިން ވެކްސިން ފުރިހަމަނުކޮށް ތިބި ކުދިންނަށް އިސްކަންދީ ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

300 × 250

މި ޕްރޮގްރާމުގެ ދަށުން މިއަދުން ފެށިގެން ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް ވެކްސިން ދިނުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

މާލެ ސަރަހައްދުގައި ވެކްސިން ދިނުމުގެ ޚިދުމަތް ކުރިއަށްދާނެ މަރުކަޒުތަކުގެ ތެރޭގައި ހިމެނެނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޔޫޕީއެޗްސީސީ އާއި، ހުޅުމާލެ ހޮސްޕިޓަލާއި، ސެނަހިޔާގެ އިތުރުން ވިލިމާލެ ހޮސްޕިޓަލެވެ. އެޗްޕީއޭއިން ވަނީ 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން މިހާތަނަށް އެމްއާރް ވެކްސިންގެ ޑޯޒްތައް ފުރިހަމަނުކުރާ ކުދިން ގޮވައިގެން ވީހާވެސް އަވަހަށް ވެކްސިން މަރުކަޒުތަކަށް ވަޑައިގަތުމަށް ބެލެނިވެރިންނަށް އިލްތިމާސްކޮށްފައެވެ.

މި ކެމްޕޭނަކީ މީސަލްސް ނުވަތަ ހިިިމަބިހި ފަދަ ގައިންގަޔަށް އަރާ ބަލިތަކުން މުޖުތަމައު ރައްކާތެރިކުރުމަށާއި، ރާއްޖެއަކީ މިފަދަ ބަލިތައް ކޮންޓްރޯލް ކުރެވިފައިވާ ގައުމެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ސަރުކާރުން ސިއްޙީ ދާއިރާއަށް ދެއްވާ އިސްކަމުގެ ތެރެއިން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް މި ބަލީގެ 22 ކޭސް ވަނީ ފެނިފައެވެ. މީގެ ތެރެއިން ދެ ކޭސް ފެނިފައިވަނީ ވޭތުވެދިޔަ ހަފްތާގެ ތެރޭގައެވެ. ހިމަބިއްސަކީ ރާއްޖެއިން ނައްތާލާފައިވާ ބައްޔަކަށް ވީނަމަވެސް، މިހާރު ފެންނަމުންދާ ކޭސްތަކާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ބަލި ފެތުރުން ހުއްޓުވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ބައްޔަށް ޕޮޒިޓިވްވި މީހުންނާ ބައްދަލުވި (ކޮންޓެކްޓްވި) މީހުންގެ ތެރެއިން ވެކްސިން ފުރިހަމަނުކުރާ 220 މީހަކަށް މިހާރު ވަނީ ވެކްސިން ދީފައެވެ. އަދި ފްރަންޓްލައިންގައި މަސައްކަތްކުރާ 1,537 ޞިއްޙީ ޚިދުމަތްތެރިންނަށްވެސް ވަނީ ވެކްސިން ދީފައެވެ.

އެޗްޕީއޭއިން އިތުރަށް ވިދާޅުވީ، ބަލި ދެނެގަތުމުގެ "ސަވައިލަންސް" މަސައްކަތްތައް ހަރުދަނާކޮށް، ޞިއްޙީ ޚިދުމަތްތެރިން ތަމްރީނުކުރުމުގެ އިތުރުން، އާއްމުން ހޭލުންތެރިކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުންދާ ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި