ދިވެހި ފުލުހުންގެ ޚިދުމަތް ހަރުދަނާކޮށް، އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއްގެ ދަށުން މާލޭގައި އެންމެ ޒަމާނީ ފެންވަރުގެ ފުލުހުންގެ މައި މަރުކަޒެއް ބިނާކުރަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފުލުހުންގެ މައި އިދާރާ މިހާރު ހިންގަމުންދަނީ ޖާގައިގެ ގޮތުން ދަތި ތަނެއްގައި ކަމަށެވެ. އެހެންކަމުން، ޒަމާނަށް ފެތޭ، ޖާގަ ތަނަވަސް އަދި ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ފުރިހަމަވެފައިވާ ހެޑްކުއާޓަރެއް މާލޭގައި ގާއިމުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މާލޭގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައިވެސް ޒަމާނީ ވަސީލަތްތަކާއެކު ފުލުހުންގެ މަރުކަޒެއް ބިނާކުރުމާއި، އިސްކަންދަރު ކޮށީގެ ދެވަނަ އިމާރާތުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފަށާފައިވާ ފުލުހުންގެ މަރުކަޒުތަކުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.