1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސަރުކާރުގެ ކާމިޔާބީގެ ލިސްޓަށް އިތުރު ބޮޅެއް، ވައިޑް ބޮޑީގައި 67،000 ޕަސިންޖަރުން އުފުލައިފި

Screenshot 2026-06-30 111758
ވައިޑް ބޮޑީ އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
މަރިޔަމް އަފީފާ
104ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއަށް ފުރަތަމަ ފަހަރަށް ގެނައި ވައިޑް ބޮޑީ އެއާކްރާފްޓުގައި މިހާތަނަށް 67،000 ފަސިންޖަރުން އުފުލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، ވޭތުވެދިޔަ 16 މަސްދުވަހުގެ ތެރޭގައި އެ ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި 55،000 ފަތުރުވެރިންގެ އިތުރުން ހައްޖާއި އުމުރާގެ އަޅުކަމަށް ދިޔަ ދިވެހިން ވެސް ހިމެނޭ ކަމަށެވެ.

ވައިޑް ބޮޑީ އެއަރ ކްރާފްޓުގެ ޚިދުމަތް ފެށުމުން ލިބޭ އެންމެ މުހިންމު ކުރިއެރުމަކީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބޭނުންވާ ހާލަތުގައި، އެ އެއަރކްރާފްޓް ބޭނުންކުރުންކަން ހާމަކުރައްވާ މިނިސްޓަރު ވިދާޅުވި، ގައުމީ އެއާލައިންގައި މިފަދަ ބޯޓެއް އޮތުމަކީ ހަމައެކަނި ވިޔަފާރިއެއް ނޫން ކަމަށާއި، ދުނިޔެއަށް ދިމާވާ ބޮޑެތި ކާރިސާތަކުގައި ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އެތެރެކުރުމުގެ ބާރު އަމިއްލައަށް އޮތުމަކީ ގައުމީ ސަލާމަތާ ގުޅިފައިވާ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައިވެސް ވެއެވެ. އަދި ހަނގުރާމައިގެ ހާލަތު ފަދަ ހާލަތެއް ދިމާވާއިރު ރާއްޖޭގެ އަމިއްލަ ކޮންޓްރޯލް އޮތް ވައިޑްބޮޑީ އެއަރ ކްރާފްޓެއްގެ މުހިންމުކަން ބޮޑުކަމަށެވެ.

300 × 250

މި ބޯޓުގެ އޮޕަރޭޝަންތައް މިހާރު ވަނީ ޗައިނާގެ ތިން މަންޒިލަކަށާއި، އިންޑިއާ، ބަންގްލަދޭޝް އަދި އޮސްޓްރޭލިއާއަށް ފުޅާކޮށްފަ އެވެ. ހާއްސަކޮށް މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް އޮސްޓްރޭލިއާއަށް ފެށި ޝެޑިއުލް ދަތުރުތައް ވަރަށް ބޮޑު ލޯޑް ފެކްޓާއަކާއެކު ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ނެދަލޭންޑްސްގެ ޓްރޫނޯޑު ކުންފުންޏާއެކު 2024 ވަނަ އަހަރުގެ ޖުލައި މަހުވީ އެއްބަސްވުމެއްގެ ދަށުން ކުއްޔަށް ހިފި، ބިޒްނަސް ކްލާހާއި ޕްރިމިއަމް އިކޮނޮމީ ހިމެނޭ 264 ސީޓުގެ މި އެއާބަސް 330-200 މަރުކާގެ ބޯޓު ރާއްޖެ ގެނައީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ހަވަނަ ދުވަހު އެވެ.

މޯލްޑިވިއަންގެ ޚިދުމަތް ފުޅާކޮށް ބައިނަލްއަޤްވާމީ ގިނަ މަންޒިލްތަކަކަށް ދަތުރުތައް ފެށުމަކީ، ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ޤައުމީ އެއަރލައިނަށް އިތުރު ވައިޑް ބޮޑީ އެއަރ ކްރާފްޓެއް ގެނައުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި