1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖޭގެ ރީތިކަން ދައްކާލުމަށް ބައިނަލްއަޤުވާމީ ފޮޓޯގްރަފީ މުބާރާތެއް: އެއްވަނައަށް 50,000 ރުފިޔާ!

mld
އޭއައި ގެ އުފެއްދުމެއް-----
މަރްޔަމް ޝަފާ ސައީދު
85ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން "ދިސް އިޒް މައި މޯލްޑިވްސް" ގެ ނަމުގައި ބައިނަލްއަޤުވާމީ ފޮޓޯގްރަފީ މުބާރާތެއް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި މުބާރާތަކީ ކޮންޓެންޓް ކްރިއޭޝަން ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ލޮލުން ފެންނަ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ތަފާތު މަންޒަރުތައް ދުނިޔެއަށް ދައްކާލުމަށް ހުޅުވާލި ފުރުޞަތެކެވެ.

މި މުބާރާތް އިއުލާންކޮށްފައިވަނީ ދައުލަތުގެ މީޑިއާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ރާއްޖޭގެ އުފެއްދުންތެރިންނަށް ޚާއްޞަ ޑިޖިޓަލް މާކެޓް ޕްލޭސް "ކްރިއެޓޯލް" އިފްތިތާޙު ކުރުމުގެ ތެރެއިންނެވެ. މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހެނީ ރާއްޖޭގެ ރަށްތަކާއި، ސަޤާފަތާއި، ތިމާވެށީގެ އިތުރުން ދިވެހިންގެ ދިރިއުޅުން ރަމްޒުކޮށްދޭ އަމިއްލަ ފޮޓޯތަކެވެ.

ވީއެމްސީން ބުނި ގޮތުގައި، މި މުބާރާތަކީ ހުރިހާ ފަންތިއެއްގެ ފޮޓޯގްރާފަރުންނަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ މުބާރާތެކެވެ. މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 50,000 ރުފިޔާގެ ނަގުދު ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ. މުބާރާތަށް ހުށަހަޅާ ފޮޓޯތަކަކީ ރާއްޖޭގައި ނަގާފައިވާ އަމިއްލަ އުފެއްދުންތަކަށް ވާންޖެހޭނެއެވެ.

300 × 250

މި މުބާރާތަށް ހުށަހަޅާ ފޮޓޯތަކުގެ ކޮޕީރައިޓް ފޮޓޯގްރަފަރަށް އޮތް ނަމަވެސް، ރާއްޖެ އިޝްތިހާރު ކުރުމަށާއި ރަސްމީ އެކި ބޭނުންތަކުގައި އެ ފޮޓޯތައް ބޭނުންކުރުމުގެ ހުއްދަ ވީއެމްސީއަށް ލިބޭނެއެވެ. މުބާރާތް ކުރިއަށް ދާނީ 1 ޖުލައި އިން ފެށިގެން 30 ސެޕްޓެމްބަރުގެ ނިޔަލަށެވެ.

މި މުބާރާތުގެ މައިގަނޑު އެއް މަގްޞަދަކީ އަލަށް ތައާރަފްކުރި "ކްރިއެޓޯލް" ޕްލެޓްފޯމް މެދުވެރިކޮށް ފަންނުވެރިންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމެވެ. މިއީ ރާއްޖޭގެ ވިޝުއަލް އަދި ސަޤާފީ އުފެއްދުންތަކަށް ޚާއްޞަކޮށްގެން ތަރައްޤީކޮށްފައިވާ ޤައުމީ ޑިޖިޓަލް މާކެޓް ޕްލޭސްއެކެވެ.

މި ޕްލެޓްފޯމްގެ ސަބަބުން އުފެއްދުންތެރިންނާއި، ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި، ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން ބޭރުގެ މިޝަންތަކާ ގުޅުވައިދީ، ދިވެހި ފަންނުވެރިންގެ މަސައްކަތްތައް މާކެޓްކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ވީއެމްސީން އުންމީދު ކުރެއެވެ

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި