1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ގިނަބަޔަކު އިންތިޒާރު ކުރި ފިލްމު 'ގިލަން' ޕްރިމިއާކޮށްފި: ދިވެހި ފިލްމީ ދާއިރާއިން އަމްޖޭއަށް ޚާއްޞަ ފިލައެއް!

u71
” ރޭ ބޭއްވި ގިލަން ފިލްމުގެ ޕްރިމިއާ ގެ ތެރެއިން
މަރްޔަމް ޝަފާ ސައީދު
221ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މަޝްހޫރު ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ޑައިރެކްޓްކުރި 50 ވަނަ ފިލްމު "ގިލަން" ރޭ އޮލިމްޕަސް ސިނަމާގައި ކުލަގަދަ ރަސްމިއްޔާތަކާއެކު ޕްރިމިއާކޮށްފިއެވެ. މި ފިލްމު ޕްރިމިއާ ކޮށްދެއްވީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، ހީނާ ވަލީދެވެ. މި ހަފްލާއަކީ އަމްޖޭގެ 30 އަހަރަށްވުރެ ދިގު ފިލްމީ ކެރިއަރުގެ އަގުވަޒަންކުރުމަށް ބޭއްވުނު ޚާއްޞަ ހަފްލާއެކެވެ.

މި ރަސްމިއްޔާތުގައި ދިވެހި ފިލްމީ ދާއިރާގެ ހުރިހާ ޕްރޮޑަކްޝަން ހައުސްތަކުގެ ފަރާތުން އަމްޖޭއަށް ވަނީ ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައެވެ. މިއީ ވޭތުވެދިޔަ ތިން އަހަރަށްވުރެ ގިނަ ދުވަހު ފިލްމީ ފަންނާނުންނާއެކު ސާބިތުވެ ހުރެ، 50 އަށް ވުރެ ގިނަ ފިލްމު ޑައިރެކްޓްކޮށްފައިވާތީ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދިން ފިލައެކެވެ. މީގެ އިތުރުން، އަމްޖޭގެ މި ކާމިޔާބީ ފާހަގަކުރުމަށްޓަކައި ޚާއްޞަ ކޭކެއް ފެޅުންވެސް ކުރިއަށް ދިޔައެވެ.

ފިލްމު ބެލި ފަރާތްތަކުން ފާހަގަކުރާ ގޮތުގައި "ގިލަން" އަކީ މުޅި ފިލްމަށް ބަލާއިރު ވަރަށް ރީތި، ތަފާތު އުފެއްދުމެކެވެ.

300 × 250

ރޭގެ ހަފްލާގައި އަމްޖޭއާއެކު ކޭކު ފެޅުމުގައި އިސްކޮށް ބައިވެރިވީ ފިލްމީ ދާއިރާގެ އެންމެ ދޮށީ ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ މުސްތަފާ ޙުސައިންއެވެ. މީގެ އިތުރުން އަމްޖޭގެ ފިލްމީ ކެރިއަރ ފެށުމުގައި ބައިވެރިވި ޖަންބު ޙަސަން އަފީފް، މުޙައްމަދު މަނިކް، ޝާޒް، ހުސައިން ސޮބާހް އަދި ޙާމިދު ޢަލީ ފަދަ ފަންނާނުން ބައިވެރިވިއެވެ. އޮލިމްޕަސް ސްޓޭޖްމަތިން ރާއްޖޭގެ ފިލްމު އުފެއްދުންތެރިން އެއްފަހަރާ އެންމެ ގިނަ އަދަދަކަށް ފެނިގެންދިޔަ މި ހިނދުކޮޅަކީ ދިވެހި ފިލްމީ ތާރީޚުގައި ފާހަގަކޮށްލެވޭނެ ކަމެކެވެ.

މި ކުލަގަދަ ހަފުލާ އިންތިޒާމުކޮށްފައިވަނީ "އައިލެންޑް ސިނަމާ" ގެ ޓީމުންނެވެ. އަމްޖޭގެ 50 ވަނަ ފިލްމު ރިލީޒްވެގެން ދިޔުމަކީ ދިވެހި ސިނަމާއަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

"ގިލަން" އަކީ މީގެ ކުރިން ރޭޑިއޯ ޑްރާމާއެއްގެ ގޮތުގައި ދިވެހިރާއްޖޭގެ އަޑުން ގެނެސްދީގެން އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ އުފެއްދުމެކެވެ. މި ފިލްމުގެ ސްކްރިޕްޓް ލިޔުއްވީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މުހައްމަދު ގާސިމެވެ. ގާސިމް ވިދާޅުވި ގޮތުގައި، މި ވާހަކަ ނޫހުގައި ޝާއިޢުކުރި ދުވަސްވަރާއި ފޮތެއްގެ ގޮތުގައި ނެރުނުއިރު ވެސް ލިބުނު ތަރުހީބު ވަރަށް ބޮޑެވެ. "ދިވެހިރާއްޖޭގެ އަޑުން މި ވާހަކައަށް ޑްރާމާ ކުޅެގެން ފޮނުވަމުން ގެންދިޔައިރު އެހުންތެރީންގެ މަގުބޫލުކަން ވަރަށް ބޮޑަށް އެޕްރޮގްރާމަށް ލިބޭކަމަށް ޕްރޮގްރާމްގެ ޕްރޮޑިއުސަރުވެސް ވިދާޅުވެފައި ވޭ،" ގާސިމް ފާހަގަކުރެއްވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި