އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި މައްސަލާގައި، އޭނާގެ ފިރިމީހާ މާވިން އެސް.ވައި. ވަރގަސް އާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ކުށް ސާބިތުވެ، ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ. މި ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޯޓުން ކަނޑައަޅާފައިވަނީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ.
މާވިންގެ މައްޗަށް 25 އަހަރުގެ ހުކުމެއް
މޭރީ ގްރޭސް އެނގިހުރެ މަރާލުމުގެ ކުށް ސާބިތުވި މާވިން އެސް.ވައި. ވަރގަސް 25 އަހަރަށް ޖަލަށްލުމަށް ޤާޒީ މުޒައްމިލް ނާސިރު ވަނީ ހުކުމް ކުރައްވާފައެވެ. މި ކުށުގެ އަސާސީ އަދަބަކީ 10 އަހަރު ކަމަށް ވީނަމަވެސް، ދައުލަތުން އެދުނު ގޮތަށް އަދަބުގެ ދަރަޖަ މަތިކުރަން ޤާޒީ ނިންމެވީ، މޭރީގެ އެއްވެސް ކުށެއް ނެތި އޭނާ މަރާލުމާއި، އެ މަރު ފޮރުވަން މާވިން މަސައްކަތް ކޮށްފައިވާތީއެވެ. މީގެ އިތުރުން، މި އަމަލުގެ ސަބަބުން އެމީހުންގެ ދަރިފުޅު މަންމަގެ ލޯބިން މަހުރޫމްވެފައިވާކަން ހުކުމުގައި ފާހަގަކޮށްފައިވެއެވެ. މާވިން މިހާތަނަށް ބަންދުގައި ހަތަރު އަހަރާއި ހަ މަހަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާތީ، އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 20 އަހަރާއި ތިން މަހާއި ފަސް ދުވަހުގެ ޖަލު އަދަބެކެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.