1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އެމްޓީސީސީއިން ތިލަފުށީގައި ފެށި އިމަރޖެންސީ އެކްސަސައިޒް ކާމިޔާބުކަމާ އެކު ނިންމާލައިފި

main_20260702_093827
އެމްޓީސީސީއިން ތިލަފުށީ ސައިޓްގައި ކުރިއަށް ގެންދިޔަ އިމަޖެންސީ އެކްސަސައިޒްގެ ތެރެއިން/ ފޮޓޯ: އެމްޓީސީސީ
މަރިޔަމް އަފީފާ
100ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސަލާމަތީ ކަންކަން ހަރުދަނާކޮށް، ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން ތިލަފުށީގައި ފެށި ފުލް ސްކޭލް އިމަރޖެންސީ އެކްސަސައިޒް ކަމިޔާބު ކަމާ އެކު ނިންމާލައިފިއެވެ.

މެންދުރުފަހު 13:00 އިން ފެށިގެން ހަވީރު 18:00 އާ ހަމައަށް އެ ކުންފުނީގެ ތިލަފުށީ ސައިޓުގައި ކުރިއަށް ގެންދިޔަ މި ތަމްރީނު ހަރަކާތްތައް ކުރިއަށް ގެންދިޔައީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ގުޅިގެންނެވެ.

މި އެކްސަސައިޒްގެ މައިގަނޑު މަގްސަދަކީ ކުއްލި ހާލަތްތަކުގައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމުގެ ގާބިލްކަން އިތުރުކުރުމެވެ.

300 × 250

މި ހަރަކާތުގެ ސަބަބުން ކަމާގުޅުންހުރި އެކި މުއައްސަސާތަކާއި އިމަޖެންސީ ރެސްޕޮންސް އެޖެންސީތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އޮޕަރޭޝަނަލް ގޮތުން ވާންޖެހޭ ތައްޔާރީތައް ވަރުގަދަވެ، ސަލާމަތީ އެންމެ މަތީ މިންގަނޑުތައް ދެމެހެއްޓުމަށް އެމްޓީސީސީން ކުރާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

އެކްސަސައިޒް ކާމިޔާބުކަމާއެކު ނިންމާލުމުގައި ބައިވެރިވި ހުރިހާ އެޖެންސީތަކަށާއި، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް އެމްޓީސީސީއިން ވަނީ އިޚްލާޞްތެރި ޝުކުރެއް އަދާކޮށްފައެވެ.

މި ހަރަކާތަކީ ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކަށް ތަމްރީނުވުމަށް ބޭއްވުނު މުހިއްމު ހަރަކާތެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި