މި އަހަރު ރާއްޖެ ޒިޔާރަތްކުރި 1 މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އަތުވެއްޖެ އެވެ. މި ތާރީހީ މައިލްސްޓޯން ހާސިލްކުރި ފަތުރުވެރިޔާއަކީ ސްޕެއިންގެ ރައްޔިތެއް ކަމަށްވާ އަލްމުތޭނާ އެސްޕަރްޒާ އެވެ. އޭނާ ރާއްޖެ އައީ ގަތަރު އެއާވޭސްގެ ފްލައިޓެއްގައި މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ. 1 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ވަނީ ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން އާއި ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީގެ އިތުރުން އެމްއޭސީއެލްގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. މި އަހަރުގެ 1 މިލިއަން ވަނަ ފަތުރުވެރިޔާގެ އަމާޒު ހާސިލްކުރެވުނީ މިދިޔަ އަހަރަށް ވުރެ ކުޑަކޮށް ލަހުންނެވެ. މިދިޔަ އަހަރު ރާއްޖެއަށް 1 މިލިއަން ވަނަ ފަތުރުވެރިޔާ ޒިޔާރަތްކޮށްފައިވަނީ ޖޫން މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގަ އެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ 5 އިންސައްތަ މަދުވެފަ އެވެ. މިހާރު އެވްރެޖުކޮށް ރާއްޖެއަށް ދުވާލެއްގެ މައްޗަށް ޒިޔާރަތްކުރަނީ ގާތްގަނޑަކަށް 5،000 ފަތުރުވެރިންނެވެ. ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއި ހަނގުރާމައިގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކުވެސް، ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމޭއިރު ރާއްޖެއަށް ޖުމްލަ 2.5 މިލިއަން ފަތުރުވެރިން ގެނައުމެވެ.
މި އަހަރު ރާއްޖެ ޒިޔާރަތްކުރި 1 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.