މިއަހަރުގެ ޤައުމީ ދުވަހަށް ހއ. އުތީމުގައި ކުރިއަށްދާ ތައްޔާރީތައް ބެއްލެވުމަށާއި، އެ އަތޮޅުގައި ކުރިއަށްދާ ވުޒާރާގެ މުހިންމު މަޝްރޫޢުތަކުގެ އަދާހަމަ ބެއްލެވުމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ހއ. އަތޮޅަށް ރަސްމީ ދަތުރުފުޅެއް ފަށްޓަވައިފިއެވެ.
އިއްޔެ ފެށްޓެވި މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ހއ. އުތީމު، ތަކަންދޫ، އަދި ބާރަށުގައި ފަށައިގެން ކުރިއަށްދާ "ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކުރުމުގެ ޤައުމީ މަޝްރޫޢު" ގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބެއްލެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ވަޒީރު އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ މިއަހަރުގެ ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ހއ. އުތީމަށެވެ. ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާ ޤައުމީ ދުވަހުގެ ތައްޔާރީތައް ބެއްލެވުމަށް ވަޒީރު އެރަށަށް ވަޑައިގަތުމުން ބަނދަރު ސަރަޙައްދުން ވަޒީރަށް މަރުޙަބާ ދެންނެވީ އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދުއެވެ. މީގެއިތުރުން ކައުންސިލްގެ އެހެން މެންބަރުންނާއި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަޒީރަށް މަރުޙަބާ ދެންނެވުމަށް އެއްވެ ތިއްބެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.