އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމާ ގުޅޭގޮތުން އދ. އިން އިސްނަގައިގެން ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ބައްދަލުވުން ކަމަށްވާ "ޔޫއެން ގްލޯބަލް ޑައިލޮގް އޮން އާޓިފިޝަލް އިންޓެލިޖެންސް ގަވަރނަންސް" ގައި ދިވެހިރާއްޖޭން ބައިވެރިވެއްޖެއެވެ. ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ މި މުހިންމު ސަމިޓަކީ އޭއައިގެ ދާއިރާއިން ބައިނަލްއަގުވާމީ ސިޔާސަތުތައް ކަނޑައެޅުމުގައި ރާއްޖެއިން އަމަލީގޮތުން ބައިވެރިވި ފުރަތަމަ ބޮޑު ހަރަކާތެވެ. މި ބައްދަލުވުމުގައި ބައިވެރިވާ ރާއްޖޭގެ މަތީ ފެންވަރުގެ ވަފުދު ލީޑުކުރައްވަނީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އެވެ. މި ވަފުދުގައި ވަޒީރުގެ އިތުރުން ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢައްބާސް ޝަރީފް އާއި ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ މަންދޫބުންނާއި ޕީޖީ އޮފީހުގެ ފަންނީ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. މި ޑައިލޮގްގެ މައިގަނޑު މަގުސަދަކީ ދުނިޔޭގެ ހުރިހާ ގައުމުތަކެއް ޝާމިލުވާނެހެން، ހާމަކަން ބޮޑު އަދި ޒިންމާދާރު ގޮތެއްގައި އޭއައިގެ ވަސީލަތްތައް ބޭނުންކުރެވޭނެ ހަރުދަނާ ގަވަރނަންސް ނިޒާމެއް ބިނާކުރުމެވެ. ޓެކްނޮލޮޖީގެ ސަބަބުން އިންސާނުންގެ ހައްގުތަކަށާއި ގައުމުތަކުގެ ސަލާމަތަށް ނުރައްކާނުވާނެހެން އޭއައި މެނޭޖްކުރާނެ އުސޫލުތައް އެކުލަވާލުމަށް ދުނިޔޭގެ ލީޑަރުންނާއި ޓެކް މާހިރުން މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާނެއެވެ. މި ސަމިޓުން ލިބޭ ތަޖުރިބާގެ އަލީގައި، ރާއްޖޭގެ ދާޚިލީ ސަލާމަތާއި، ޖިނާއީ ތަހުގީގުތަކުގެ ނިޒާމުގެ އިތުރުން ޝަރުއީ ދާއިރާގައި ޒަމާނީ އޭއައި ޓެކްނޮލޮޖީ ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ ގައުމީ އޮނިގަނޑެއް އެކުލަވާލުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
އޭއައި ބޭނުންކުރުމާ ގުޅޭގޮތުން އދ އިން ބާއްވާ ފުރަތަމަ ބައްދަލުމުގައި ރާއްޖެއިން ބައިވެރި ވެއްޖެ

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.