ހުރިހާ މުވައްސަސާތައް ޖަވާބުދާތީ ކުރާނެ ވާހަކަ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ދައްކަނީ، މާލެ ސިޓީ ރައްޔިތުން މުއިއްޒު ހޮވީ މަޖިލިސް ކުރާ ގެޔަށްތޯ ބުނެ، އެމްޑީޕީ ގައުމީ މަޖިލީހުގެ މަޑަވެލި ދާއިރާގެ ރައީސް އިބްރާހިމް ނާފިޒް (ޗިކާ) ވިދާޅުވެއްޖެއެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން އިބްރާހިމް ނާފިޒް (ޗިކާ) ވިދާޅުވީ، މިހާރު ގާނޫނު އަސާސީގަ ބުނެފައިވާ ގޮތުގައި މުއައްސަސާތައް ޖަވާބުދާރީ ކުރަން އޮންނަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށްވާއިރު، އިރުއިރުކޮޅާ ކޮންމެވެސް މުވައްސަސާއެއްގެ ޒިންމާދާރު ކުރުވާނެ ވާހަކަ މާލެސިޓީ ކައުންސިލްގެ މޭޔަރ މުއިއްޒު ވިދާޅުވާކަމަށެވެ.
އަދި ސިޓީ ކައުންސިލަކީ ދިވެހި ފުލުހުން ވެސް އަދި އެހެން މުއައްސަސާއެއް ވެސް ޒިންމާދާރު ކުރުވަން ހޮވާފަ އޮންނަ ތަނެއް ނޫން ކަމަށް ވުމުން އެފާޑުގެ އެއްޗެހި ބުނުމަކީ މުއިއްޒުގެ އަސްލު މަގާމު އޮޅިގެން ކުރައްވާ ކަމެއް ކަމަށްވެސް ޗިކާ ވިދާޅުވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.