ރަސްފަންނު ކައިރީގައި ބާއްވާފައި އޮތް ދަބަހެއް ވަގަށް ނެގި މައްސަލައެއްގައި ދެމީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ދަބަސް ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހުން ފެންނަ ވީޑިއޯއެއް އާންމުކޮށް ފުލުހުން ވިދާޅުވީ، އެވީޑިއޯއިން ފެންނަ ދެމީހުންނަކީ މިދިޔަ އޮކްޓޯބަރ 29 ވަނަ ދުވަހުގެ ވަގުތެއްގައި ރަސްފަންނު އައިޖީއެމްއެޗް ފަޅީގައި ބާއްވާފައި އޮތް ދަބަހެއް ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހުން ކަމަށެވެ.
https://www.youtube.com/watch?v=eoYyM8jUYn8&t=8s







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.