މާލޭގެ ފިހާރައަކުން ޖިންސުތަކެއް ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ދެމީހަކު ހޯދުމަށް ފުލުހުން ވީޑިއޯ އާންމު ކޮށްފިއެވެ. ފުލުހުން ބުނީ، އާންމު ކޮށްފައިވާ ވީޑިއޯއިން ފެންނަ މީހުންނަކީ 23 ސެޕްޓެމްބަރު 2021 ވަނަ ދުވަހުގެ ވަގުތެއްގައި، ރޯޝަނީ މަގުގައި ހުންނަ އިކްލިޕްސް ފިހާރައިން ޖިންސުތަކެއް ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން، ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކޮންބައެއް ކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ ދެމީހުން ކަމަށެވެ.

ފިހާރައަކުން ވައްކަން ކުރި މައްސަލައެއްގައި ހޯދަމުންދާ ދެމީހުންގެ ތެރެއިން އެކަކު

ފުލުހުން އާންމު ކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ފިރިހެނަކު ކޮތަޅެއް ހިފައިގެން އުޅޭތަން ފެނެއެވެ. އަދި އޭނާ ފޯނެއްގައި ހުރިތަން ދެން ފެންނައިރު، ދެވަނަ މީހާވެސް އެތަނުން ފެނިގެން ދެއެވެ. ދެވަނަ މީހާ އޭގެ ފަހުން ފެނިގެންދަނީ ކައުންޓަރު ކައިރިއަށް ދާމަންޒަރެވެ. ދެމީހުންވެސް މާސްކު އަޅައިގެން ތިބިއިރު އެތަނުން އެކަކު ހުރީ ތާކިހާއެއްވެސް އަޅައިގެންނެވެ. ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.