ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރ ހުސައިން ވަޙީދު އަވަހާރަވެއްޖެއެވެ. މަޢުލޫމާތުު ލިބިފައިވާ ގޮތުގައި މެމްބަރ ހުސައިން ވަޙީދު އަވަހާރަވީ ކެންސަރު ބަލީގައި އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިރޭގެ ވަގުތެއްގައެވެ. ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވުމަށް މީގެ ކުރިން މެމްބަރ ހުސައިން ވަޙީދު ވަނީ ރާއްޖެއިން ބޭރުގައި ވަރަށް ގިނަދުވަހު އުޅުއްވާފައެވެ. ހުސައިން ވަޙީދު އަވަހާރަވިއިރު، އަނތްބަކާއި ތިން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ. އެއީ ފިރިހެން ބޭފުޅަކާއި އަންހެން ދެ ބޭފުޅުންނެވެ. މެމްބަރު ހުސެއިން ވަހީދަކީ މީގެ ކުރިންވެސް މަޖިލީހުގައި ކޮމަންޑޫ ދާއިރާ ތަމްސީލް ކުރެއްވި މެމްބަރެކެވެ. އެއްދައުރުގެ މެދުކެނޑުމަކަށްފަހު 19 ވަނަ މަޖިލީހުގައި ކޮމަންޑޫ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އިރު، ސިއްޙީ ހާލުކޮޅު ހުރި ގޮތުން، އަހަރެއްހާ ދުވަހު މަޖިލީހުގެ މަސައްކަތާއި ދުރުވެ ފަރުވާ އަށް ހުންނެވިއެވެ.

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

މެމްބަރު ހުސައިން ވަޙީދު އަޅުގަނޑުމެންނާއި ވަކިވެދިޔުމުގެ ހިތާމައިގައި، ހުވަދޫ ނިއުސްގެ ފަރާތުން ބައިވެރިވެ ތަޢުޒިޔާ ދަންނަވަމެވެ. އަދި މި މަރުހޫމާގެ ފުރާނަޔަށް ކީރިތިﷲ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން!