ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލި އަދުހަމް އަހުމަދު ރަޝީދު، އެކަން ކުރި ސަބަބު ބުނެ މާފަށް އެދިއްޖެއެވެ.
ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ޝަރީއަތުގައި އަދުހަމް ވަނީ، އޭނާއަށް ކުރެވުނީ ކުށެއް ކަމަށް ގަބޫލުކުރާ ކަމަށާއި، އެކަން ކުރެވުނީ ދީނީ ގޮތުން ގަބޫލު ކުރެވުނު ކަންތައްތަކެއްގެ ސަބަބުން ކަމަށް ބުނެފައެވެ. އަދި އެކަމަށް ރައީސް ނަޝީދު ކިބައިން މާފަށްވެސް އޭނާ އެދުނެވެ.
"ރައީސް ނަޝީދު އާއި ހަމަލާގައި އަނިޔާ ލިބުނު އެންމެހައި ފަރާތްތަކާއި ދިވެހި ލޮބުވެތި ރައްޔިތުންގެ ކިބައިން މާފަށް އެދެން،" އަދުހަމް ބުންޏެވެ.
މީގެ އިތުރުން އެފަދަ އަމަލެއް އަދުހަމްގެ ފަރާތުން ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަންވެސް އޭނާ ޝަރީއަތުގައި ދީފައިވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.