1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާދިން އަދުހަމް 23 އަހަރަށް ޖަލަށް

Screenshot-2021-05-09-at-17.28.47-750x375-1
ސާއި ޢަލީ
436ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާއެއް ދިން މައްސަލައިގައި، ވ. ތިނަދޫ، ހިޔާ އަދުހަމް އަހްމަދު ރަޝީދު 23 އަހަރާ 06 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

މިދިޔަ މަހުގެ 06 ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން މައްސަލައިގެ ބައިވެރިވި ކަމުގެ ތުހުމަތުގައި 10 މީހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން އެކަކު ވަނީ ދޫކޮށްލާފައެވެ.

އަދުހަމްގެ މައްޗަށް ވަނީ، ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމްގެ ޢަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދަޢުވާއާއި، ޓެރަރިސްޓު ޖަމާޢަތަކަށް ތާއީދުކުރުމުގެ ކުށުގެ ދަޢުވާގެ އިތުރުން ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަަރައިލަން އުޅުމުގެ ކުށުގެ ދަޢުވާ އުފުލާފައެވެ.

300 × 250

އަދުހަމްގެ މައްޗަށް އުފުލާފައިވާ ފަސް ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 37 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. ނަމަވެސް ދައުލަތާއެކު ހެދި އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން މިދިޔަ ސެޕްޓެމްބަރު މަހު އަދުހަމް ވަނީ އޭނާގެ މައްޗަށް އުފުލި ދައުވާތަކަށް އެއްބަސްވެފައެވެ. އެގޮތުން ކުށަށް އިއުތިރާފުވެ ތަޙްގީގަށް އެއްބާރުލުން ދޭން އަދުހަމް ނިންމުމުން 23 އަހަރުގެ ޖަލު ހުކުމަކަށް ވަނީ އެއްބަސްވެފައެވެ.

އަދުހަމް ކުށަށް އިއުތިރާފުވެފައިވާތީ, މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ކަނޑައެޅީ އަދުހަމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އެ ގޮތުން ކޯޓުން ޙުކުމްކުރީ 23 އަހަރާއި, 06 ދުވަހަށް އަދުހަމް ޖަލަށްލުމަށެވެ. އެހެންނަމަވެސް އަދުހަމް ތަންފީޒުކުރަން ޖެހޭނީ 22 އަހަރާއި, 21 ދުވަހެވެ. އެއީ އަދުހަމް ތަޙްޤީޤުގައްޔާއި, ޝަރީޢަތަށް ބަންދުގައި ހުރި ދުވަސްތައް އުނިކުރުމަށްފަހުގައެވެ.

މިއަދުގެ އަޑުއެހުމުގައި އަދުހަމް ވަނީ އޭނާއަށް ކުރެވުނީ ކުށެއް ކަމަށާއި, ބޮން ގޮއްވައިލެވުނީ ދީނީ ގަބޫލުކުރުން ތަކެއްގެ ސަބަބުން ކަމަށް ވެސް ބުނެފައެވެ. އެ ގޮތުން ރައީސް ނަޝީދާއި, ހަަމަލާގައި އަނިޔާ ލިބުނު މީހުންނަާއި, ޢާންމު ރައްޔިތުންގެ ކިބައިން އަދުހަމް ވަނީ މާފަށް އެދިފައެވެ. އަދުހަމް ވަނީ އެފަދަ ކުށެއް ތަކުރާރު ނުކުރާނެކަމުގެ ޔަޤީންކަން ވެސް ދީފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި