1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އެވެއާނެސް ކޭމްޕް "ލައިފް ޖެކެޓް، ވެއަރ އިޓް" އިފްތިތާހުކޮށްފި

ޒޒޒޒޒ
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މެރިން އެކްސްޕޯއަށް ޒިޔާރަތް ކުރެއްވުން
ޢަޒީޒާ އަފީފް
394ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)އިން އިސްނަގައިގެން ފަށާފައިވާ އެވެއަނެސް ކެމްޕެއިން ކަމަށްވާ "ލައިފް ޖެކެޓް، ވެއަރ އިޓް" އިފްތިތާހުކޮށްފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިޔަށް ގެންދާ މެރިން އެކްސްޕޯ 2021 އަށް ކުރެއްވި ޒިޔާރަތުގައި މި ކޭމްޕް އިފްތިތާހުކޮށްދެއްވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

މިކޭމްޕުގެ މައިގަޑު މަޤްސަދަކީ ކަނޑުމަތީގެ ހާދިސާތަކަށް މީހުން ސަމާލުކުރުވައި ރައްކާތެރިކުރުވުމެވެ. ކަނޑުދަތުރުފަތުރު ކުރާއިރު ލައިފްޖެކެޓަކީ ކިހާ މުހިންމު އެއްޗެއްކަން މީހުންނަށް އަންގައިދިނުމެވެ. މީގެ އިތުރުން ކަނޑުމަތީ ހާދިސާއެއް ދިމާވާއިރު ލައިފްޖެކެޓް ނެތް ހާލަތެއްގައި އަމަލުކުރާނެ ގޮތް އަންގާ މީހުން ހޭލުންތެރިކުރުވުން ކަމަށް އެންބީއޭއެމްއިން ބުނެއެވެ.

300 × 250

އެންބީއޭއެމުން ބުނާގޮތުގައި މިފަދަ ކޭމްޕްތައް މުޅިރާއްޖޭގެ ބޯޓިން ސެކްޓަރަށްވެސް މުހިންމު ކަމަށާއި މިފަދަ ކަންތައްތަކަށް މީހުން ހޭލުންތެރިކުރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މިދުވަސްވަރަކީ ކަނޑުމަތީގެ ހާދިސާތައް ގިނަ ދުވަސްވަރަކަށްވާތީ ލައިފްޖެކެޓްގެ މުހިންމުކަން ކަނޑުދަތުރުކުރާ މީހުންނަށް އަންގައިދިނުމުގެ ގޮތުން ފަށާފައިވާ ކޭމްޕެއް ކަމަށެވެ.

އެންބީއޭއެމުން ބޭއްވި މެރިން އެކްސްޕޯގައި ރާއްޖޭގެ މެރިން އިންޑަސްޓްރީގެ ގިނަ ބާވަތްތަކެއް ދައްކާލާފައިވާއިރު، މެރިން ދާއިރާއާއި ގުޅުންހުރި މުދަލާއި ފޯރުކޮށްދޭ ޚިދުމަތްތަކުގެ މައުލޫމާތުވެސް ދާއިރާގެ ބައިވެރިންނާއި ވަނީ ހިއްސާކޮށްފައެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި