ހުވަދު އަތޮޅުުގެ ލީޑިންގ ޓީޗަރުންނަށް އަމާޒުކޮށްގެން އަބޫބަކުރު ސްކޫލުގައި ސަރަހައްދީ ފެންވަރުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ. މިއަދު ފެށިގެންދިޔަ ބައްދަލުވުމަކީ ޑިޕާރޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަނާއި އަބޫބަކުރު ސްކޫލާއި ގުޅިގެން ކުރިޔަށް ގެންދެވުވުނު މަސައްކަތު ބައްދަލުވުުމެކެވެ. ގއ އަދި ގދ އަތޮޅުގެ ލީޑިންގ ޓީޗަރުންނަށް އަމާޒުކޮށްގެން ޑިސެމްބަރ 15 އިން 16 އަށް ބާއްވާ ''ޝާމިލްކުރުމުގެ ސިޔާސަތަށް އަހުލުވެރިކުރުމަށް ސަރަޙައްދީ ފެންވަރުގައި ބާއްވާ މަސައްކަތު ބައްދަލުވުން''ގެ ޝަރަފުވެރި މެހެމާނަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތިނަދޫ ކެމްޕަހުގެ މެނޭޖަރ އަލްފާޟިލް މުޙައްމަދު ޝަމީމް އާދަމްއެވެ. ޑިޕާރޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަނާއި އަބޫބަކުރު ސްކޫލާއި ގުޅިގެން ކުރިޔަށް ގެންދެވުވުނު މަސައްކަތު ބައްދަލުވުުމުގެ ބައިވެރިންނަށް މަރުހަބާ ދެންނެވުން / ފޮޓޯ: އަބޫބަކުރު ސްކޫލް ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން އަބޫބަކުރު ސްކޫލުގެ ފޯކަލް ޕޮއިންޓް އަދި ސްކޫލުގެ އިންކްލޫސިވް އެމްބެސެޑަރ މަރްޔަމް ރިޔާޝާ ވިދާޅުވީ ދެވުވަހުގެ މުއްދަތަށް ކުރިޔަށް ގެންދެވޭ މިބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ޝާމިލްކުރުމުގެ ސިޔާސަތަށް ގއ އަދި ގދ އަތޮޅުގެ ސްކޫލްތަކުގެ އިސްވެރިން އަހުލުވެރިކުރުވުން ކަމަށާއި މުއައްސަސާތަކުން ޝާމިލްކުރުމުގެ ވެށްޓެއް ޤާއިމުކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތަކާ ބެހޭ ގޮތުން ޕެނަލް ޑިސްކަޝަންއެއް އޮންނާނެ ކަމަށެވެ. އަދި ވޯރކްޝޮޕްގެ 2 ވަނަ ދުވަހުގެ ސެޝަނުގެ ތެރޭގައި އަބޫބަކުރު ސްކޫލުގެ ސަކްސަސް ސްޓޯރީ ހިއްސާކުރާނެ ކަމަށް ރިޔާޝާ ވިދާޅުވިއެވެ. މި ފެނަލް ޑިސްކަޝަންގެ މޮޑަރޭޓަރ އަކީ މުހިޔިއްދީން ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލާ ނާޒިމާ އަލިމަނިކުއެވެ. މަޝްވަރާ ބައްދަލުވުމުގެ ޕެނަލިސްޓުންނަށް ބަލާލާއިރު:
- ޕެނަލިސްޓް 1: އަހުމަދު އަފްރާހު – ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތެއް
- ޕެނަލިސްޓް 2: ޝިފާޒް މުޙައްމަދު – ޕްރިންސިޕަލް / ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
- ޕެނަލިސްޓް 3: އަމީޒާ އަފީފް – އެސިސްޓެންޓް ކައުންސިލް އޮފިސަރ / ގދ. ތިނަދޫ ކައުންސިލް
- ޕެނަލިސްޓް 4: މަރިޔަމް ޝަރޫނާ އާދިލް – ލެކްޗަރަރ / އެމް.އައި ކޮލެޖް
- ޕެނަލިސްޓް 5: ހައުލަތު ޢަލީ – އެގްޒެކެޓިވް ޑިރެކްޓަރ / ޕަބްލިކް ވޯރކްސް
- ޕެނަލިސްޓް 6: ޝިހާނަތު އިބްރާހީމް – ލެކްޗަރަރ / އެމް.އެން.ޔޫ ތިނަދޫ ކެމްޕަސް
- ޕެނަލިސްޓް 7: ހަސަން ފައިހަތު ޤުދުރަތުﷲ - އަތޮޅު ކައުންސިލްގެ ރައީސް
- މި ވޯރކްޝޮޕްގެ އަބޫބަކުރު ސްކޫލުގެ ފޯކަލް ޕޮއިންޓް: އަބޫބަކުރު ސްކޫލުގެ އިންކްލޫސިވް އެމްބެސެޑަރ މަރްޔަމް ރިޔާޝާ
- ވޯރކްޝޮޕްގެ ކޯޑިނޭޓަރ – ޑިޕާރޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަންގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ ހަލީމަތު ހުސައިން ހިމެނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.