1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ފެންޑާ

ދޮގު ހަދާކަން، ދައްކާ ވާހަކައިން ދެނެގަންނާނީ ކިހިނެއް؟

1
ނަޞްރުﷲ އަފީފް
1,057ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދޮގު ހެދުމުގެ އާދަޔައަކީ ބައެއް އިންސާނުންގެ ކިބައިގައި އަށަގެންފައިވާ ވަރަށް ނުރަނގަޅު އާދަޔަކެވެ. ބައެއް ފަރާތްތަކީ ދޮގު ހެދުމަށް އާދަޔާ ޚިލާފަށް ކުޅަދާނަ ފަރާތްތަކެކެވެ. މީހަކު ދޮގުހަދާނަމަ، އެނގޭނެކަމަށް އަމިއްލަޔަށް ޤަބޫލުކޮށްގެން ހުރިނަމަވެސް، އެއީ ދޮގެއްކަން ކުޑަކޮށްވެސް ޝައްކުނުވާހާ މޮޅަށް ދޮގު ހަދާފަރާތްތައް އަހަރަމެންގެ ތެރޭގައި ވެއެވެ. ދޮގު ހަދާކަން ދެނެގަތުމަކީ ހީކުރާހާ ފަސޭހަކަމެއް ނޫނެވެ. ދޮގު ފާހަގަކުރަން ވަރަށް ގިނަ ހުނަރު ބޭނުންވެއެވެ. ދޮގު ތެދު ހޯދައި ދެނެގަތުމުގެ މަސައްކަތް ކުރާވަރަކަށް، ދައްކާ ވާހަކައިން ތެދު ދޮގު ދެނެގަންނަން ފަސޭހަ ވާނެއެވެ. ގިނަ ޖާސޫސުކުރާ ފަރާތްތައް އެއްބަސްވާގޮތުގައި، ދޮގު ހަދާ މީހަކު ދެނެގަތުމަށް އެފަރާތެއް ދައްކާ ވާހަކަތަކަށް ޚާއްސަ ސަމާލުކަމެއް ދިނުން ވަރަށް މުހިންމެވެ. ދައްކާ ވާހަކައިގައި ބޭނުންކުރަ ބައެއް ބަސްތަކުން، ރާގު އަދި މީހާގެ ހަރަކާތް ހުންނަ ގޮތުން ދޮގު ހަދާކަން ދެނެގަނެވިދާނެއެވެ. ދޮގުހަދާ ގިނަ ފަރާތްތައް އާންމުކޮށް ބޭނުންކުރާ ބައެއް ބަސްތަކާއި، އަދި އެއީ ތެދު ހަޤީޤަތް ކަމުގައި އެހެން މީހުންގެ ސިކުނޑިތަކަށް ވިސްނުވައި ދިނުމަށް ބޭނުންކުރާ ބައެއް އުކުޅުތައް މިލިޔުމުގައި ހިމަނާލަމެވެ.

"މަށަށް ޝައްކުރުން ނޫން އިތުރު އެހެން ކަމެއް ނުކުރަން ދޯ"

ދޮގު ހަދާ ފަރާތަކާއި ކުރިމަތިލައި ވާހަކަ ދައްކާއިރު، ދޮގު ހަދާ ފަރާތް މިފަދަ އިބާރާތް ބޭނުން ކުރާނަމަ، ދޮގު ހަދަނީއެވެ. ދޮގު ހަދާ ފަރާތް ގިނަފަހަރު ބޭނުންވާނީ، ދޮގު ހަދާ ކަމާއި ގުޅުން ހުންނަ ވާހަކައެއް ދެއްކުނަ ނުދީ ހުއްޓުވުމެވެ. އަދި އަނެއްފަރާތަށް ހީވާ ހީވުމަކީ ރަނގަޅު ހީއެއް ނޫންކަން، އަދި އެފަރާތަކީ މައުސޫމު ފަރާތެއްކަން، ގޯސް ހަދަނީ އޭނާ ނޫންކަން އަނެއްފަރާތަށް ވިސްނުވައިދޭން އަބަދުވެސް މަސައްކަތް ކުރެއެވެ.

300 × 250

"އަހަރެން ބޮލުގައި އިލްޒާމް އަޅުވަނީތަ ތީ މިހާރު"

ދޮގު ހަދާ ފަރާތްތަށް ކުރިންވެސް ތަފާތު ކުދިކުދި ކަންކަމުގައި ދޮގު ހަދާފައިވާ ކަން ތިބާއަށް ފާހަގަކުރެވިފައި ވާނެއެވެ. އަދި ދޮގު ހަދާކޮންމެ ފަހަރަކު ފަޅާ އަރާފާނެތީ އެހާ ބޮޑަށް ބިރުވެސް ގަންނާނެއެވެ. މިގޮތުން މިފަދަ ގޮތަކަށް، ކުދި ކުދި ކަންކަމުގައި ރުޅި ދައްކާނަމަ، ހަޤީޤަތް އޮޅުވާލަން ނުވަތަ އޮއްބާލަން އެފަރާތެއް މަސައްކަތް ކުރުމަކީ އެކަށިގެންވާ ކަމެކެވެ.

"އަސްލު ތެދަށް ބުނާނަމަ...."

މިފަދަ އިބާރާތް ވާހަކަދައްކައިރު ގިނައިން ވާހަކަ ދައްކާ ނަމަ، އެއިބާރާތް އެބޭނުންކުރަނީ ކޮންމެހެން ތެދު ބުނާތީއެއް ނޫނެވެ. އެފަދަ އިބާރާތް ބޭނުންކުރަނީ ގިނަފަހަރު ދޮގު ފޮރުވުމަށްޓަކައެވެ. މިފަދަ އިބާރާތެއް ބުނުމުން، އެބުނި ވާހަކައަކާއި ދޭތެރޭ އަޑު އަހާ މީހާ ވިސްނުމަށް މަޖުބޫރު ކުރުވައެވެ. ތެދު ބަހުން ވާހަކަ ދައްކާ ފަރާތެއް ކޮންމެހެން އެބުނަނީ ތެދު ބަސްކަން ސާބިތުކުރަން މަސައްކަތް ނުކުރާނެއެވެ. މިފަދަ ބަސްތައް ބޭނުންކުރެވެނީ ދޮގުހަދާ ފަރާތްތައް އެދޮގު ފޮރުވުމަށްޓަކައެވެ.

"އަސްލު އެކަން ވީގޮތަކީ...... " މާގިނައިން ތަފްޞީލު ދިނުން

ދޮގުބަހުން ވާހަކަ ދައްކާ ފަރާތް ދޮގު ފޮރުވުމަށް ކުދިކުދި ކަންކަން ވަރަށް ތަފްޞީލްކޮށް، ވާހަކަ ދިގުކުރެއެވެ. ހުރިހާ ވެސް ބޭނުމަކީ އަނެއްފަރާތަށް އެހަދަނީ އެވާހަކަ ޤަބޫލުކުރެވޭނެ ގޮތަކަށް ވާހަކަ ގެނައުމެވެ. އަދި މޮޅަށް ދޮގު ހަދާފަރާތްތައް ވަރަށް އަސްލާ އެއްގޮތަށް، އެކަމަކާއި ގުޅިގެން ސުވާލެއް އަތުވެދާނެކަމަސް ބަލައި، ޖަވާބުދޭނެ ގޮތަކާއި، ގެންނާނެ ކޮންމެވެސް މޮޅު ވާހަކައެއް ސިކުނޑީގައި ކުރިން ރާވައި، ދޭނެ ޖަވާބަކަށް ތައްޔާރުވެ ތިބެތެވެ.

300 × 250

"އަހަރެން ހަނދާނެއް ނުވޭ ތިކަހަލަ ވާހަކައެއް"

ކަންކަން ނޭނގޭ ކަމަށް ހެދުމަކީ ނުވަތަ ހަނދާން ނެތުނު ކަމަށް ހެދިގެން މާގިނައިން ވާހަކަ ދައްކާނަމަ، ދައްކާ ވާހަކައިގެ ދޮގު އެކުލެވެއެވެ. ގިނަފަހަރަށް ކަންކަމުން ރެކެންވެގެން، ގިނަމީހުން ހަނދާން ނެތިވުމުގެ ކާޑު ބޭނުންކުރެއެވެ. ދޮގުހަދާ ގިނަ މީހުންނަކީ ހަދާ ދޮގު އެއްބަސްވާ ބައެއް ނޫނެވެ. ކުރިމަތީގައި ފެންނަންހުންނަ ކަންކަންވެސް އެއްބަސް ނުވާނެވެ. އެފަދަ ފަރާތްތަކުން ދައްކާ މޮޅު ވާހަކައަށް ބުރަވުމުގެ ބަދަލުގައި ކުރިމަތިން ފެންނަން ހުންނަ ހެކިތަކަށް ބަލައި ހަޤީޤަތް ދެނެގަންނަން މަސައްކަތް ކުރުން ބުއްދިވެރިއެވެ.

"ހެއްކެއް ނުދެއްކޭނެ އަހަރެން ތިކަން ކުރިކަމުގެ"

މިފަދަ އިބާރާތްތަކަކީވެސް ވަރަށް ގިނައިން ދޮގުހަދާ ފަރާތްތަށް ބޭނުންކުރާ އިބާރާތެކެވެ. މިފަދަ އިބާރާތް ބޭނުން ކުރަނީ ގިނަފަހަރު ކޮށްފައިވާ ކަމަކާއި ގުޅޭ ހެއްކެއް ނޯންނާނެކަން އަމިއްލަޔަށް ޤަބޫލުކުރެވޭތީ، ހެކި ހޯދައިގެންވެސް އެހެދި ދޮގު ފަޅާ ނާރާނެ ކަމަށް ދެކިގެންނެވެ. ތެދު ބަހުން ވާހަކަ ދައްކާ މީހާ ގިނަފަހަރު އެހަދަނީ ތެދު ކަން ސާބިތުކުރަން ހެކި ހޯދަން މަސައްކަތް ނުކުރާނެއެވެ. ނަމަވެސް ދޮގުހަދާނަމަ، މިފަދަ އިބާރާތް ބޭނުންކުރުން ގިނަވުމުގެ އިތުރުން، ހަދާ ދޮގު ހިފެހެއްޓުމަށް ދޮގުހެގި ކުރިން ތައްޔާރު ކޮށްފައި ބެހެއްޓުމަކީ އެކަށީގެންވާ ކަމެކެވެ.

"އަހަރެން ދުވަހަކުވެސް......"

މިފަދަ އިބާރާތެއް ބޭނުންކުރާނަމަ، އެއީ ހަޤީޤަތުގައިވެސް ތިބާއަށް އަބަދުވެސް ހެޔޮއެދޭ ކަމުގެ ނިޝާނެކެވެ. ނަމަވެސް އާދަޔާ ޚިލާފަށް ގިނައިން މިފަދަ އިބާރާތް ބޭނުންކުރާނަމަ، މަޤްސަދާމެދު ސުވާލު އުފެދެއެވެ. އެއީ ތިބާ ހައްދާލަން ބުނާ ބުނުމަކަށް ވުން އެކަށީގެންވެއެވެ. މިފަދަ ފޮނި އިބާރާތްތައް ބޭނުންކުރަނީ ދޮގު ހަދާ ފަރާތްތައް ހަޤީޤަތް އެހެން މީހުންނަށް އޮޅުވާލުމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި