އަންހެނަކު ކުޑަކުއްޖަކު އުރައިގެން ނެގި މަންޒަރުން ބިރުވެރި ހިޔަންޏެއް ފެންނަ ފޮޓޯއެއް ސޯޝަލްމީޑިޔާގައި އެތަށް ބައެއްގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.
އަރްލެއިން ކިޔާ އަންހެނަކު، އަލަށް އުފަންވީ، އޭނާއަށް ބޮޑުދައިތަ ކިޔާ ތުއްތު ކުއްޖެއް އުރައިގެން ނަގާފައިވާ ފޮޓޯއަކުން ބިރުވެރި ހިޔަންޏެއް އަރާފައި ހުރިކަން ފާހަގަކުރެވި، ހައިރާންވެ އެފޮޓޯތައް ވަނީ ސޯޝަލް މީޑިޔާގައި ޕޯސްޓް ކޮށްފައެވެ. ސޯޝަލް މީޑިޔާގައި މިފޮޓޯތައް ހިއްސާކުރުމާއެކު ސޯޝަލް މީޑިޔާ ބޭނުންކުރާ ގިނަ އަދަދެއްގެ މީހުންގެ ސަމާލުކަން މިފޮޓޯތަކަށް ވަނީ ހުއްޓިފައެވެ.
އަރްލެއިން ބުނެފައިވާ ގޮތުގައި، މިއީ އޭނާގެ ބޭބެގެއަށް ދިޔަ ފުރަތަމަ ފަހަރަށް ވުމުގެ އިތުރުން، ބޭބެގެ ދަރިފުޅު އުފަން ވުމާއިއެކު، ބޭބެގެ ދަރިފުޅު އުރައިގެން ނެގި ފުރަތަމަ ފޮޓޯއެވެ. އަދި ފޮޓޯ ނެގީ ބޭބެ ކައިރީ ބުނެގެން އަރްލެއިންގެ މޯބައިލް ފޯނުންނެވެ. އަރްލެއިން ބުނެފައިވާގޮތުގައި، މިފޮޓޯތަކަކީ އޭނާގެ އަމިއްލަ ފޯނުން އެއްވެސް ފިލްޓަރއެއް ބޭނުންކުރުމެއް ނެތި ނަގާފައިވާ ފޮޓޯތަކެވެ. މިފޮޓޯތަކުން ކުރިން އެއްވެސް އާދަޔާ ޚިލާފުކަމެއް ފާހަގަކުރެވިފައި ނުވީ ނަމަވެސް ފަހުން ރަނގަޅަށް ބަލާލުމުން، އޭނޭގެ ފަހަތުން އާދަޔާ ޚިލާފު ބިރުވެރި ކަޅު ހިޔަންޏެއް ހުރިހާ ފޮޓޯތަކުން ފާހަގަ ކުރެވުނެވެ. ފޮޓޯ އަރްލެއިން ހުއްޓި ހުރީ ބޭބެގެ ދަރިފުޅު ދެއަތުން އުރާލައިގެން ނަމަވެސް، ފަހަތުން ފެންނަ ހިޔަނި ފެންނަނީ އަތް ތިރިކޮށްގެން ހުންނަ މަންޒަރެވެ.










ޚިޔާލު (1)
Rangalhah foto nubalaa myhakah hyvaane fhuraytha ekeyves. Hahahhahahahahahah. Liuu meehaa maa gamaaru...